ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 2024 ގެ ބިބް އަދި ރޭސް ކިޓް ދޫކުރަން ދިރާގުން ފަށައިފި އެވެ.

މިއަހަރުގެ ޑީއެމްއާރްއާރް ބިބް އެކްސްޕޯ ދަނީ 17 އޮކްޓޫބަރުން ފެށިގެން އަމީނީ މަގުގައި ހުންނަ ދިރާގު ހެޑް އޮފީހުގެ ތިރީ ފަންގިފިލާގައި ގާއިމްކުރެވިފައިވާ ބިބް އެކްސްޕޯ ސެންޓަރުގައި ކުރިއަށްދަމުންނެވެ. ބިބް އެކްސްޕޯގައި ދުވުންތެރިންނަށް އެފަރާތްތަކުގެ ބިބް އަދި ރޭސް ކިޓް ހަވާލުކުރެވޭނެއެވެ. އަދި 22 އޮކްޓޫބަރު ވާ އަންގާރަ ދުވަހުގެ ނިޔަލަށް ތިރީގައި މިވާ ވަގުތުތަކުގައި ބައިވެރިންނަށް އެފަރާތްތަކުގެ ބިބް އަދި ރޭސް ކިޓް ނެގޭނެ އެވެ.

• މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް

• ރޭގަނޑު 8:00 އިން 10:00 އަށް

ކޮންމެ ރޭސް ކިޓެއްގައިވެސް ޓައިމިންގ ޗިޕް ހިމެނިފައިވާ ބިބް، ރޭސް ޓީޝާޓު، ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނޭނެއެވެ. އަދި ވެރިފައި ކުރުމުގެ ގޮތުން ރޭސް ކިޓް ބާލާ އަންނަ ފަރާތުން ދުވުންތެރިޔާގެ އައި.ޑީ ކާޑާއި ބިބް ނަންބަރު ހުށަހަޅަން ޖެހޭނެ އެވެ.

ޑީއެމްއާރްއާރްއަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދުވުމުގެ ހަރަކާތެވެ. އެގޮތުން މިއަހަރު މި ފާހަގަކުރާ މި ރޭހުގެ 15 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 27 އޮކްޓޫބަރު 2023 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާރކްގައެވެ. މިއަހަރުގެ ދުވުމުގައި 4،400 އަށް ވުރެ ގިނަ ބައިވެރިން ދުވުމަށް ވަނީ ހަމަޖެހިފަ އެވެ.