ދިވެހި ކުދިބޮޑު އެންމެންގެ މެދުގައި މަގްބޫލު ކެރެކްޓާ "ރޮބޯމޭން" ހަރަކާތްތެރިވާ ޚިޔާލީ ވާހަކައެއްގެ މައްވަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމު "ރޮބޯމޭން – ދަ މޫވީ" މިހާރު މީޑިއާނެޓުގެ ވީޑިއޯކްލަބް މެދުވެރިކޮށް ބަލާލެވޭނެ އެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 26ވަނަ ދުވަހު އޮލިމްޕަސް ސްކްރީނުގައި އެޅުވި މި ފިލްމަށްވަނީ ގިނަ ބައެއްގެ ލޯބި ލިބިފައެވެ. ޚާއްސަކޮށް ދުވަސްތަކަކަށްފަހު ކުޑަކުދިންނާއި ގުޅޭ އެކުދިންނަށް ޙާއްސަ ފިލްމެއް ސިނަމާގައި ބަލާލުމުގެ ފުރުސަތު ލިބިގެންދިޔައެވެ. އޮލިމްޕަސް ސިނަމާގެ އިތުރުން ބައެއް ރަށްތަކުގައިވެސްވަނީ މި ފިލްމު އަޅުވާފަ އެވެ.

ސިނަމާއަށް ގޮސް މި ފިލްމު ބަލާލުމުގެ ފުރުސަތު ނުލިބި ތިބި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް މިއަދުން ފެށިގެން ވީޑިއޯކްލަބް މެދުވެރިކޮށް ގޭ ސިޓިންގް ރޫމްގައި ތިބެ އާއިލާއާއެކު މި ފިލްމު ބަލާލެވޭނެ އެވެ.

ރޮބޯމޭން މި ފިލްމަށްވަނީ ގިނަ ބައެއްގެ ތަޢުރީފު ލިބިގެން ގޮއްސައެވެ. ޙާއްސަކޮށް މި ފިލްމުގައި ހަރަކާތްތެރިވާ ދެ ކުޑަކުދިން ކަމުގައިވާ އަމީލިއާ އަދި މިޝާގެ އެކްޓިންގް ފާހަގަކޮށްލެވެއެވެ. މި ދެ ތަރިންނާއި ރޮބޯމޭންގެ އިތުރުން ދިވެހި ފިލްމު އިންޑަސްޓްރީގައި ނަން މަޝްހޫރު ބައެއް ތަރިންކަމުގައިވާ އައްޒަ އަދި ރަވީ ވެސް މި ފިލްމުން ފެނިގެންދާނެ އެވެ. މި ފިލްމަކީ އެމް އޮރިޖިނަލްސް ބެނާރގެ ދަށުން ތައްޔާރުކޮށްފައިވާ އޯރކޭޒް އިންކް އަދި މީޑިއާނެޓުގެ ވީޑިއޯކްލަބްގެ އުފެއްދުމެކެވެ.

މީޑިއާނެޓު އެމް ޓީ ވީ، އެމް އެސް ޓީވީ އަދި އެމް އެސް ލައިޓް ޚިދުމަތް މިހާރުވެސް ގެންގުޅުއްވާ ފަރާތްތަކަށް ވީޑިއޯކްލަބް ކޮންޓެންޓް ބަލާލުމަށް ހަމައެކަނި ޖެހޭނީ ވީޑިއޯކްލަބް ޕެކޭޖު ސަބްސްކްރިޕްޝަނެއް ނަގާލަންށެވެ. ޕެކޭޖު/ސަބްސްކްރިޕްޝަން ތިރީގައިވާ ލިންކުން ނަގާލެވޭނެއެވެ.

ވީޑިއޯކްލަބް ކޮންޓެންޓް ޕެކޭޖު އެކްޓިވޭޓް ކުރުމަށް މި ލިންކަށް ކްލިކްކޮށްލާ

މީޑިއާނެޓު ޚިދުމަތް ބޭނުން ނުކުރައްވާ ފަރާތްތަކުން ފުރަތަމަ ޖެހޭނީ ޚިދުމަތައް ރަޖިސްޓަރ ކޮށްލަންށެވެ. އެއަށްފަހު ޕެކޭޖު/ސަބްސްކްރިޕްޝަނެއް ނަގާލުމުން ވީޑިއޯކްލަބްގެ ކޮންޓެންޓް ބަލާލެވޭނެއެވެ. ރަޖިސްޓަރ ކުރުމަށް ތިރީގައިވާ ލިންކު ބޭނުންކުރެވޭނެއެވެ.

އެމް ޓީ ވީ / އެމް އެސް ޓީވީ / އެމް އެސް ލައިޓް / އެމް އެސް ޑިޖިޓަލް އަށް ރަޖިސްޓަރ ކުރުމަށް މި ލިންކަށް ކްލިކްކޮށްލާ