ނޫ ރާއްޖެ ދިރާސާގެ މުހިންމު އާލާތެއް ކ. ޒިޔާރަތްފުށި ކައިރި ކަނޑަށް ގެއްލިއްޖެ އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން އާއި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް ގުޅިގެން މިމަހުގެ 13 ން 26 އަށް މާލެ އަތޮޅާއި ދެކުނުގެ އަތޮޅުތަކުގައި ކުރިއަށް ގެންދާ ދިރާސާގައި ބޭނުންކުރަމުންދިޔަ މުހިއްމު އިކުއިޕްމަންޓެއް ކަނޑަށް ގެއްލިފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ މިދިރާސާގެ ބައެއްގެ ގޮތުގައި މިޔަރާއި ބޮޑެތި އެހެން ބާވަތްތަކުގެ މަސްމަހާމެހި ފެންނަ މިންވަރު ދެނެގަތުމަށް ބޭނުންކުރާ "ބެއިޓެޑް ރިމޯޓް އަންޑަވޯޓާ ވީޑިއޯ" (ބްރަވް)ގެ ފަސް ސެޓު ގެއްލިފައި ވަނީ މިދިޔަ އަންގާރަ ދުވަހު ހެނދުނު ޒިޔާރަތްފުށި ބޭރުން (04.65005N; 73.37722E) ކަމަށެވެ. އަދި އެ ދިރާސާގައި ބޭނުންކުރި ބްރަވްއަކީ ބޮއެތަކާއެކު އަޑިއަށް ފައްތާގޮތަށް އަންޑަވޯޓާ ކެމަރާތަކާއެކު ފަރުމާކޮށްފައިވާ އާލާތެއް ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
"ވީމާ، މިއާލާތްތަކާއި ގުޅޭ އެއްވެސް މަޢުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ނުވަތަ މިއާލާތްތައް ފެނިފައިވާނަމަ، ނޫރާއްޖެ ޕްރޮގްރާމްގެ ސައިޓް މެނޭޖަރު ފާތިމަތު ނިސްތަރަން، (7944566،[email protected] ) ނުވަތަ ޕްރޮގްރާމް ކޯޑިނޭޓަރު މޫސާ ޒަމީރު (7772155، [email protected]) އާ ގުޅުއްވުން އެދެމެވެ." އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ.