ޓްރީ ޓޮޕް ހޮސްޕިޓަލުން ބާއްވާ މި އަހަރުގެ ފުރަތަމަ ޚިތާނީ ކޭމްޕްގައި ރަޖިސްރީ ކުރުމަށް ހުޅުވާލައިފި އެވެ.

މި ކޭމްޕުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން އަންނަ އޮގަސްޓް 3ގެ ނިޔަލަށް ނަން ނޯޓުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ކޭމްޕްގެ ތަފްސީލް:

  • ޕެކޭޖް އަގު: 5،500 ރުފިޔާ (އާސަންދައަށް ފަހު)
  • ރަޖިސްޓްރީ ކުރުމުގެ މުއްދަތު: 2 ޖުލައި 2025 އިން 3 އޯގަސްޓް 2025ގެ ނިޔަލަށް
  • ޕްރޮސީޖާ ތާރީޚްތައް: 20 ޖުލައި 2025 އިން 9 އޯގަސްޓް 2025 އަށް

ހިތާނީ ޕެކޭޖްގައި ހިމެނެނީ:

  • ޔޫރޮލޮޖިސްޓް އަދި އެނެސްތީސިއޮލޮޖިސްޓުންގެ އޮޕަރޭޝަނުގެ ކުރީގެ ކޮންސަލްޓޭޝަން
  • ޕްރޮސީޖާއާއި ގުޅޭ އާންމު ލެބޯޓަރީ ޓެސްޓްތައް
  • ލޯކަލް ނުވަތަ ޖެނެރަލް އެނެސްތީސިއާގެ ދަށުން ހިތާނުކުރުން
  • އޮޕަރޭޝަނަށް ބޭނުންވާ ހުރިހާ ތަކެއްޗާއި ބޭސް
  • އޮޕަރޭޝަނަށްފަހު ޑޭކެއާގައި މޮނިޓާ ކުރުން
  • ފޮލޯއަޕް ކޮންސަލްޓޭޝަން
  • އޮޕަރޭޝަނަށްފަހު ލުއި ކެއުން
  • ޚާއްސަ އަގެއްގައި ޕްރައިވެޓް ރޫމަށް އަޕްގްރޭޑް ކުރުމުގެ ފުރުސަތު

އެ ހޮސްޕިޓަލުން ބުނީ މި ކޭމްޕުގައި ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ އޮޕަރޭޝަނަށް ފަރުވާއަށް ޚާއްސަވެފައިވާ ޑޮކްޓަރުންނާއި، ކުޑަކަމުދާ ނިޒާމުގެ ޚާއްސަ ޑޮކްޓަރުން ހިމެނޭ ގޮތަށް ތަޖުރިބާކާރު މެޑިކަލް ޓީމެއް ކަމަށެވެ. މި ޓީމުގައި ހިމެނިވަޑައިގަންނަވަނީ ޑރ. ހުސައިން ހަދީވް، ޑރ. އުކްތަމް އަބްދުއްލާޔެވް، ޑރ. މައުމޫން އާސިމް، ޑރ. އިބްރާހީމް މުއުމިން، ޑރ. މުހައްމަދު ޝަރީފް، ޑރ. އަބްދުﷲ އުބައިދު އަދި ކުޑަކަމުދާ ނިޒާމުގެ ޚާއްސަ ޑޮކްޓަރު ޑރ. މެހްމެތު އޮޑަރެވެ.