ޓްރާންސް މޯލްޑިވިއަން އެއާލައިންސް (ޓީއެމްއޭ)ގެ މުވައްޒަފުންގެ މުސާރައިގެ ބައެއް ދިވެހި ރުފިޔާއިން ދޭން ނިންމި ނިންމުން ބަދަލުކުރަން އެ ކުންފުނިން ނިންމައިފި އެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުންފާޅުކޮށް ޖުލައި 29 ވަނަ ދުވަހު ހަޅުތާލުކުރަން އެ ކުންފުނީގެ މުވައްޒަފުން ނިންމާފައި ވަނިކޮށް ޓީއެމްއޭ އިން ވަނީ ރުފިޔާ އިން މުސާރަ ނުދޭން އެ ކުންފުނިން ވަނީ ނިންމާފަ އެވެ.
ޓީއެމްއޭގެ ސީއީއޯ އުސާމާ ފައުޒީ މުވައްޒަފުންނަށް ފޮނުވި މެސެޖެއްގައި ވަނީ، ކުރިން އެ ކުންފުނިން ނިންމި ނިންމުމަށް އަމަލު ނުކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.
މުސާރައިގެ 80 ޕަސެންޓު ޑޮލަރުން ދިނުމަށްފަހު ބާކީ 20 ޕަސެންޓު ރުފިޔާއިން ދިނުމަށް ޓީއެމްއޭ އިން ނިންމުމުން މުވައްޒަފުން ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ.
ޓީއެމްއޭ އިން އެފަދަ ނިންމުމެއް ނިންމީ އާމްދަނީގެ ވަކި ޕަސެންޓެއްގެ ޑޮލަރު ސަރުކާރަށް މާރުކުރުން މަޖުބޫރުކުރުމުންނެވެ.