އިންޓަ އޮފީސް/ކޮމްޕެނީ ނެޓްބޯލް މުބާރާތް 2025ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
މި ފޯރިގަދަ ނެޓްބޯޅަ މުބާރާތުގައި ރާއްޖޭގެ އެކި އޮފީސްތަކާއި ކުންފުނިތަކުގެ ޓީމުތައް ވަނީ ބައިވެރިވެފަ އެވެ.
ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން މި މަހުގެ އެއް ވަނަ ދުވަހު ފަށައިފައިވާ މި މުބާރާތް 20 ޑިސެންބަރު 2025 ގެ ނިޔަލަށް ނެޓްބޯލް ސިންތެޓިކް ޓްރެކުގައި ކުރިއަށްދާނެ އެވެ. އަންހެން އަދި ފިރިހެން ޑިވިޝަނަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގައި މި އަހަރު އަންހެން ޑިވިޝަނުން 21 ޓީމު އަދި ފިރިހެން ޑިވިޝަނުން ހަތަރު ޓީމުގެ ހުނަރު ފެންނާނެ އެވެ.
ނެޓްބޯޅައަކީ ދިވެހީންގެ ތެރޭގައި މަގުބޫލު އެއް ކުޅިވަރެވެ. އަދި، މި މުބާރާތަކީ ރާއްޖޭގައި ނެޓްބޯޅައިގެ އެންމެ މޮޅެތި ކުޅުންތެރިން ފެނިގެންދާނެ އެއް މުބާރާތެވެ.
ދިރާގުން ދަނީ ޒުވާނުން ބާރުވެރިކޮށް އަދި ކުޅިވަރާއި އިޖްތިމާއީ ހަރަކާތްތައް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ، މި ފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެވެ.

