"މޭން އެންޑް ޑަސްޓް"ގެ ނަމުގައި ސެލޫނެއް ހުޅުވައި، ހިދުމަތް ދޭން ފަށައިފި އެވެ.

މިއީ ފިރިހެން ބޭފުޅުންނަށް ޚާއްސަވާ ސެލޫނެކެވެ.

ސްޓައިލިޝް ކޮށް ޒަމާނާ އެއްގޮތަށް ފެޝަންކޮށް ހުރުމަށް ބޭނުންވާ ހަމަ ކޮންމެ އުމުރުފުރައެއްގެ ފިރިހެނަކަށް ވެސް ޚާއްސަ ސެލޫނެކެވެ.

ސްޓައިލް ކޮށް ރަނގަޅު ސިއްހަތެއްގައި ހުރުމަކީ މިއަދު ހަމަ ކޮންމެ މީހަކު ވެސް ލޯބިކުރާނެ ކަމެއް ކަމީ ޔަގީން ކަމެކެވެ. އެހެން ކަމުން އެފަދަ މީހުންނަށް މިއޮތީ ވަރަށް ރަނގަޅު ފުރުސަތެކެވެ.

މެން އެންޑް ޑަސްޓް ސެލޫންގެ ޚިދުމަތްދޭ ތަނެއް

ހަމަ އެކަނި ސްޓައިލްކޮށް ބޯކޮށުން އެކަންޏެއް ނޫނެވެ. ބޯކޮށާލުމުގެ އިތުރުން ތުނބުޅި ވެސް ސްޓައިލްކޮށް ހަދާލުމުގެ އިތުރަށް، ހިތްފަސޭހަ މާހައުލެއްގައި ތިބެގެން ފެންވަރު ރަނގަޅު ގްރޫމިން ހިދުމަތްތައް ވެސް ހޯދޭނެ އެވެ.

މީގެ އިތުރުން މިތަނުން ލިބެން ހުންނަ ހިދުމަތްތަކުގެ ތެރޭގައި އެންމެ ފަހުގެ ޓްރެންޑްތަކާ އެއްގޮތަށް ބޯކޮށުމާއި ސްޓައިލް ކޮށްދިނުމުގެ އިތުރުން، ތުނބުޅި ބެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދީގެން "ބިއާޑް ސްކަލްޕްޓިން"ގެ ހިދުމަތް ހިމެނެ އެވެ.

"މެން އެންޑް ޑަސްޓް" ހުންނަ ތަން އެނގޭތަ؟

މޭން އެންޑް ޑަސްޓް" ސެލޫން ހުންނަނީ ބުރުޒުމަގު ގާކޮށި ފްލެޓް ކުރިމަތީގަ އެވެ.

މި ތަނުން އިސްތަށިގަނޑަށް ދިމާވާ އެކި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ދެވޭ ހާއްސަ ހެއާ ޓްރީޓްމަންޓްތަކާއި، މޫނުގެ ހަންގަނޑު ސާފުކޮށް ތާޒާކޮށްލުމަށް ބޭނުންވާ ފޭޝަލްގެ ހިދުމަތްތައް ވެސް މި ސެލޫނުން ލިބެ އެވެ. ކުލަ ޖައްސަން ބޭނުންވާ ފަރާތްތަކަށް ވެސް ތަޖުރިބާކާރުންގެ އެހީގައި އެ ހިދުމަތް ވެސް ލިބޭނެ އެވެ.

ޑަސްޓުގެ މެނޭޖަރު ވިދާޅުވީ ގިނަ ފިރިހެނުން ޒީނާތްތެރިކަމަށް ދޭ ސަމާލުކަން ފަހަކަށް އައިސް އަންނަނީ އިތުރުވަމުން ކަމަށާއި އަމާޒަކީ ކޮންމެ ފިރިހެނަކު ވެސް ސެލޫނުން ނުކުންނައިރު، އެ މީހެއްގެ އެންމެ ފުރިހަމަ ސިފަ ގެނެސްދީ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް ދިނުން ކަމަށެވެ.

މެން އެންޑް ޑަސްޓް ސެލޫންގެ އެތެރެ

"ގިނަ ފިރިހެނުން ޒީނާތްތެރިކަމަށް ދޭ ސަމާލުކަން ފަހަކަށް އައިސް އަންނަނީ އިތުރުވަމުން. އަޅުގަނޑުމެންގެ އަމާޒަކީ ކޮންމެ ފިރިހެނަކު ވެސް ސެލޫނުން ނުކުންނައިރު، އެ މީހެއްގެ އެންމެ ފުރިހަމަ ސިފަ ގެނެސްދީ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް ދިނުން،" އޭން އެންޑް ޑަސްޓުގެ މެނޭޖަރު ބުންޏެވެ.

މި ސެލޫން ހުޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިރިހެނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އޮސްޓްރޭލިއާގެ ގްރޫމިން ބްރޭންޑެއް ކަމަށްވާ "އަޕަކަޓް ޑިލަކްސް"ގެ އުފެއްދުންތަކާ ވެސް އެކު އެވެ. މި އުފެއްދުންތައް މި ސެލޫނުން ގަންނަން ވެސް ލިބޭނެ އެވެ.