ދިރާގު ލިމިޓެއް ނެތް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް އިއުލާނުކޮށްފި އެވެ.
މި ޕްރޮމޯޝަން މެދުވެރިކޮށް ހިލޭ ސްމާޓް ކެމެރާ އާއެކު ކޮންމެ ހަފުތަކާއަކު 65 އިންޗީގެ ޓީވީއެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މި ގޮތުން، ދިރާގު ލިމިޓެއް ނެތް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތައް މިހާރު ވެސް ބޭނުންކުރާ ކަސްޓަމަރުންގެ ތެރެއިން ޕެކޭޖް އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށް އަދި އަލަށް މި ހިދުމަތް ހޯދާ ފަރާތްތަކަށް މި އަގު ހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ 8 އިން 31 ގެ ނިޔަލަށެވެ.
މި ޕްރޮމޯޝަންގެ ދަށުން، ލިމިޓެއް ނެތް ފައިބާ ބްރޯޑްބޭންޑްގެ 30 އެމްބީޕީއެސް ނުވަތަ އެއަށް ވުރެ މަތީ ސްޕީޑެއްގެ އާ ކަނެކްޝަނެއް ނަގާ ކަސްޓަމަރުންނަށް ހިލޭ "އިންޑޯ ސްމާޓް ކެމެރާ" އެއް ލިބޭނެ އެވެ. އަދި 50 އެމްބީޕީއެސް އިން ފެށިގެން މަތީގެ ޕެކޭޖެއް ހިޔާރުކުރާ ފަރާތްތަކަށް "އިންޑޯ އަދި އައުޓްޑޯ ސްމާޓް ކެމެރާ ބަންޑްލް" އެއް މުޅިން ހިލޭ ލިބިގެންދާނެ އެވެ.
މީގެ އިތުރުން، މިހާރު ވެސް ލިމިޓެއް ނެތް ފައިބާ ބޭނުން ކުރައްވާ ކަސްޓަމަރުންގެ ތެރެއިން، މި ޕްރޮމޯޝަންގެ މުއްދަތުގައި 30 އެމްބީޕީއެސް ނުވަތަ އެއަށް ވުރެ މަތީ ސްޕީޑަކަށް ކަނެކްޝަން އަޕްގްރޭޑް ކުރައްވާ ފަރާތްތަކަށް ވެސް "އިންޑޯ އަދި އައުޓްޑޯ ސްމާޓް ކެމެރާ ބަންޑްލް" އެއް ހިލޭ ލިބޭނެ އެވެ. މިއީ ހަލުވި ސްޕީޑުގެ އިންޓަނެޓާއެކު ގޭތެރޭގެ ރައްކާތެރިކަން އިތުރަށް ވަރުގަދަ ކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.
ހިލޭ ލިބޭ ކެމެރާގެ އިތުރުން، މި ޕްރޮމޯޝަންގެ މުއްދަތުގައި ލިމިޓެއް ނެތް ފައިބާ ހިދުމަތް އަލަށް ހޯދާ ފަރާތްތަކާއި، ހިދުމަތް އަޕްގްރޭޑް ކުރާ ހުރިހާ ކަސްޓަމަރުން ކޮންމެ ހަފުތާއަކު ބާއްވާ ހާއްސަ ގުރުއަތެއްގައި ބައިވެރިވެވޭނެ އެވެ. މި ކެމްޕޭނުގެ ތެރޭގައި ޖުމްލަ ހަތަރު ގުރުއަތުލުން ކުރިއަށްދާއިރު، ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރިއަކަށް 65 އިންޗީގެ ސްމާޓް ޓީވީއެއް ލިބޭނެ އެވެ.
މި ޕްރޮމޯޝަނަކީ އިތުބާރު ހުރި، ހަލުވި ފައިބާ ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށާއި، ސްމާޓް ހޯމް ސޮލިއުޝަންތަކާއި ހިތްގައިމު އިނާމުތަކާއެކު ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށް ދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.

