ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން، ހާއްސަ އިނާމުތަކަކާއެކު "ރޯދަ ރެޑީ" ޕްރޮމޯޝަނެއް ދިރާގުން މިއަދު އިއުލާންކޮށްފި އެވެ.
ދިރާގުން ބުނިގޮތުގައި ދިވެހިންގެ ސަގާފަތާއި އާދަކާދަތަކާ ގުޅުވައިގެން ފަރުމާކޮށްފައިވާ މި ޕްރޮމޯޝަންގެ މައިގަނޑު މަގްސަދަކީ، ރޯދަމަހަށް ހާއްސަ ކޮށްގެން މި މައްސަރުގައި ކަސްޓަމަރުންނަށް ބޭނުންތެރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފަހި ކޮށްދިނުމެވެ. މި ޕްރޮމޯޝަނުގެ ދަށުން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ތަފާތު ގިނަ ފުރުސަތުތަކެއް ދިރާގުން ވަނީ ތައާރަފުކޮށްފަ އެވެ.
އެ ކުންފުނިން ވަނީ މި ޕްރޮމޯޝަނުގެ ދަށުން ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު އަދި ކޮންމެ ހަފުތާއަކު އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. މި ގޮތުން، ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް 5،000 ރުފިޔާގެ ޝޮޕިން ވައުޗަރެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުނެ އެވެ. އެހެންކަމުން މި ޕްރޮމޯޝަންގެ ތެރެއިން ޖުމްލަ 21 ނަސީބުވެރި ފަރާތަކަށް މި ވައުޗާ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި މި ވައުޗާ ތަކަކީ ރާއްޖޭގެ މަގުބޫލު ފިހާރަތަކާއި އެއަރލައިންތަކުން ވިޔަފާރި ކުރެވޭނެ ވައުޗާ ތަކެކެވެ. މީގެ އިތުރުން، ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރި ފަރާތަކަށް، އެއް މިނެޓުގެ ތެރޭގައި ހިލޭ ބާޒާރުކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.
އެ ކުންފުނިން ބުނިގޮތުގައި މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު 50 ރުފިޔާއިން ފެށިގެން މަތީގެ އެޑް-އޮންއެއް އެކްޓިވޭޓްކުރާ ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށާއި، އެޑް-އޮން ނުވަތަ ބޫސްޓަރެއް އެކްޓިވޭޓް ކުރާ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ އިތުރުން ބޫސްޓަރެއް އެކްޓިވޭޓްކުރާ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ލިބޭނެ އެވެ.
މީގެ އިތުރުން 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަނުގައި ބައިވެރިވެފައިވާ ފަރާތްތަކާއި، ދިރާގު x އައިސިކް ކާޑު ބޭނުންކުރާ ކަސްޓަމަރުންނާއި، ޕްރޮމޯޝަންގެ މުއްދަތުގައި އެއްވެސް ވެލިއު އެޑެޑް ސާވިސް (VAS) ސަބްސްކްރިޕްޝަނެއް އެކްޓިވޭޓްކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށްޓަކައި، 20 ޖެނުއަރީ އިން ފެށިގެން 9 ފެބްރުއަރީ ގެ ނިޔަލަށް ދިރާގުއެޕް މެދުވެރިކޮށް އެންރޯލް ކުރެވޭނެއެވެ. އެންރޯލް ކުރާ ހިސާބުން ޕްރޮމޯޝަން ނިމެންދެން ކޮންމެ ކަސްޓަމަރަކަށްވެސް އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ.
ދިރާގުގެ މައިގަނޑު އަމާޒަކީ މަންފާކުރަނިވި ހިދުމަތްތައް މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށްދިނުމެވެ. މިގޮތުން ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް، ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ލިބޭނެ ތަފާރު ހާއްސަ ޕްރޮމޯޝަންތައް އެ ކުންފުނިން ދަނީ ކުރިއަށް ގެންދަމުންނެވެ.

