ދިރާގުން ސެމްސަން ގެލެކްސީ ވޮޗް އަލްޓްރާ ގަންނަން ލިބެންހުރިކަން އިއުލާނުކޮށްފި އެވެ.

މި ސްމާރޓް ވޮޗަކީ، ސެމްސަންގ ގެ ސްމާރޓް ވޮޗް ގެތެރެއިން އެއްމެ ފަހުގެ ސްޕޯރޓްސް ފީޗަރތައް ހިމަނައިފައިވާ، ސެލިއުލަރ ޚިދުމަތް ލިބެނެ ސްމާރޓް ވޮޗެކެވެ.

މި ސްމާޓް ވޮޗްގައި ދިރާގުގެ ސެލިއުލަރ ވެއަރަބަލް ހިދުމަތްކަމުގައިވާ "ވަންނަންބަރ" މެދުވެރިކޮށް، ސެލިއުލާ އީ-ސީމް އެކްޓިވޭޓްކުރެވޭނެ އެވެ. މި ހިދުމަތުގެ އެހީގައި ފޯނު ކައިރީގައި ނެތް ނަމަވެސް ނުވަތަ ނިއްވާލާފައި އޮތަސް ސްމާޓްވޮޗުން ކޯލްތަކަށް ޖަވާބު ދީ، މެސެޖް ފޮނުވުމުގެ އިތުރުން މޯބައިލް ޑޭޓާ ބޭނުންކުރެވޭނެ އެވެ.

ދިރާގު ވަން ނަމްބަރު ހިދުމަތް ސެމްސަންގް ގެލެކްސީ ވޮޗް އަލްޓްރާ 2 އަދި ގެލެކްސީ ވޮޗް އަލްޓްރާ 3 ގައި ބޭނުންކުރެވޭނެއެވެ. މީގެ ތެރެއިން ގެލެކްސީ ވޮޗް އަލްޓްރާ 3 މިހާރު ދިރާގު ވެބްސައިޓް މެދުވެރިކޮށް ގަނެވޭނެއެވެ. އިންސްޓޯލްމަންޓް ޕްލޭންއަށް ޝަރުތު ހަމަވާ ކަސްޓަމަރުންނަށް، މަހަކު 759 ރުފިޔާ ދައްކާގޮތަށްވެސް ގަޑި ގަންނަން ލިބެން ހުންނާނެ އެވެ.

"ދިރާގު ވަން ނުމްބަރ" ޚިދުމަތް ދިރާގުގެ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑްގެ ވޮއިސް، އެސް.އެމް.އެސް އަދި ޑޭޓާ ޕްލޭންތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށާއި، ޓްރެވަލާ ޕްލޭންތައް ބޭނުންކުރާ ފަރާތްތަކަށް، ސްމްސަންގ ގެލެކްސީ ވޮޗް އަލަޓްރާ މެދުވެރިކޮށް، މިހާރު ބޭނުން ކުރެވޭނެ އެވެ.

މި ހިދުމަތް އެކްޓިވޭޓް ކުރުމަށްޓަކައި 'ގެލެކްސީ ވެއަރަބަލް' (Galaxy Wearable) އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއިއެކު އެކްޓިވޭޓް ކުރެވޭނެއެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ގަޑި ފޯނާ ގުޅުވައި، އައިޑެންޓިޓީ ވެރިފައިކުރުމަށްފަހު އީ-ސިމް (eSIM) ޕްރޮފައިލް ގަޑިއަށް ޑައުންލޯޑް ކުރެވޭނެއެވެ. މި މަރުހަލާ ފުރިހަމަވުމުން، ހިދުމަތް ކާމިޔާބުކަމާއެކު އެކްޓިވޭޓްވިކަން އެސް.އެމް.އެސް އެއް މެދުވެރިކޮށް އަންގައިދޭނެ އެވެ.

ދިރާގުގެ މައިގަނޑު އަމާޒަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކަސްޓަމަރުންނަށް ލުއިފަސޭހަ ހައްލުތަކެއް ހޯދައިދީ، މުއާމަލާތްކުރުމުގައި އިތުރު ފަހިކަމެއް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، އެޕަލް ވޮޗް ބޭނުންކުރާ ފަރާތްތަކަށް ވެސް ދިރާގު ވަން ނަމްބަރު ހިދުމަތް ވަރަށް އަވަހަށް ތައާރަފުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.