ރޯދަ މަހުގެ ފަހު ދިހައިގައި ބީއެމްއެލް ހުޅުވާފައި ހުންނާނީ މި މަހުގެ 11 އަދި 18 ވަނަ ދުވަހު ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ އެ ދެ ދުވަހުގެ ހެނދުނު 9:30 އިން މެންދުރު 12:30 އަށް ބޭންކު ހުޅުވާފައި ހުންނާނެ ކަމަށެވެ.

މީގެއިތުރުން ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ބޭންކު ހުޅުވާފައި ހުންނާނީ ވެސް ހެނދުނު 9:30 އިން މެންދުރު 12:30 އަށެވެ.

ބީއެމްއެލްގެ ހިދުމަތް މިހާރު ވަނީ މުޅި ރާއްޖެއަށް ފުޅާކޮށްފަ އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްއެއް ހުރެ އެވެ.