ތާޒާ މޭވާ އާއި ތަރުކާރީއަކީ ކޮންމެ ދުވަހަކު ވެސް ކެއުމަށް މުހިންމު ބާވަތްތަކެވެ. އަދި ކުކުޅު މަހުގެ ބާވަތްތަކާއި ކެއުމަށް ބޭނުންވާ އެކިއެކި ބާވަތްތައް މެދުނުކެނޑި ލިބޭނެ ގޮތް ހުރުމަކީ ވަރަށް މުހިންމު ކަމަށްވެ އެވެ. މިފަދަ ބާވަތްތައް ހުސްނުވެ ލިބޭނެ އެއް ތަނަކީ ވިލާ މާޓުގެ ފިހާރަތަކެވެ.

ވިލާ މާޓަކީ ރާއްޖޭގެ ރީޓެއިލް އަދި ހޯސޭލް ވިޔަފާރީގައި ފާހަގަކޮށްލެވޭ މަޝްހޫރު ކުންފުންޏެކެވެ. މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި 24 ގަޑިއިރު ހިދުމަތްދޭ ވިލާ މާޓުގެ ފިހާރަތަކުން، އާންމު ދިރިއުޅުމަށް ބޭނުންވާ ޒަރޫރީ ސާމާނާއި، ތާޒާ މޭވާ އާއި ތަރުކާރީ، ކިރުގެ ބާވަތްތަކާއި، ގޭތެރެއަށް ބޭނުންވާ އެކި ސާމާނުގެ އިތުރުން ބައިނަލްއަގުވާމީ މަޝްހޫރު ބްރޭންޑްތައް ލިބެން ހުންނާނެ އެވެ.

ވިލާ މާޓްގެ ފިހާރައެއް. މޭވާ އާއި ތަރުކާރާއި އެނޫން ވެސް ގިނަ ބާވަތްތައް ވިލާ މާޓްގެ ފިހަރާތަކުން ލިބެން ހުރޭ. ފޮޓޯ: ވިލާ މާޓް

ވިލާ މާޓުގެ "ވީކެންޑް އޮފާ" އަކީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި ހުކުރު ދުވަހު، އެ ކުންފުނީގެ ހުރިހާ ފިހާރައެއްގައި ކުރިއަށްދާ ހާއްސަ ހަރަކާތެކެވެ. މި އޮފާގެ ދަށުން ތާޒާ މޭވާއާއި ތަރުކާރީ، ކުކުޅު މަހުގެ ބާވަތްތައް އަދި ޓޮމާޓޯ ޕޭސްޓް ޕައުޗް ފަދަ ބާވަތްތައް ލިބެން ހުންނާނެ އެވެ.

ވިލާ މާޓުގެ މަގުސަދަކީ ކޮންމެ ހަފުތާއަކު ވެސް އާ ސްޓޮކް ގެނެސް، ކަސްޓަމަރުން ބޭނުންވާ ތާޒާ ތަކެތި އެންމެ އެކަށީގެންވާ ހެޔޮ އަގުތަކެއްގައި ފޯރުކޮށްދިނުމެވެ. އަދި 24 ގަޑިއިރު ހުޅުވިފައި ހުންނަ ފިހާރަތަކަކަށް ވުމުން، ކޮންމެ ވަގުތެއްގައި ވެސް ފެންވަރު ރަނގަޅު މުދާ އެއް ފުރާޅެއްގެ ދަށުން ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް އޮވެ އެވެ.

ވިލާ މާޓްގެ ފިހާރައެއްގައި މޭވާ އާއި ތަރުކާރީ ވިއްކަން ބަހައްޓާފައި. ފޮޓޯ: ވިލާ މާޓް

ވިލާ މާޓުން ބުނިގޮތުގައި ވޭތުވެދިޔަ އެއް އަހަރު ދުވަހު މެދުކެނޑުމެއް ނެތި ކުރިއަށްދާ މި އޮފާ އަކީ ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކާމިޔާބު ހަރަކާތެކެވެ. މިއީ ހުކުރު ދުވަހުގެ ބޮޑު ކެއުމަށް ބޭނުންވާ ތަކެތި ހޯދުމަށާއި، ކުރިއަށް އޮތް ހަފުތާއަށް ބޭނުންވާ ސާމާނު އެއްކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ބުއިންތަކާއި ފެންވަރު ރަނގަޅު ކާބޯތަކެތީގެ އެކި ވައްތަރުތަކާއި ގޭތެރެއަށް ބޭނުންވާ އެކި ތަކެތި އަދި ކޮސްމެޓިކްސް އާއި ނަން ހުސްކޮށް އެކި ސަމާނު ވިލާ މާޓުގެ 5 ފިހާރައިން ހެޔޮއަގުގައި ލިބެން ހުންނާނެ އެވެ.

މިގޮތުން ވިލާ މާޓުގެ 5 ފިހާރައެއް މާލެ އާއި ހުޅުމާލޭގައި ހުރެ އެވެ. އެއީ ފަރީދީމަގު، މަޖީދީމަގު، ރެހެންދި ހިނގުން، ސޯސަންމަގު އަދި ހުޅުމާލެ ފޭސް 2 ގެ 14 ވަނަ ޓަވަރުގައި ހުންނަ ފިހާރަ އެވެ.

ވިލާ މާޓްގެ ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުރި އެއްގަމު މަހުގެ ބާވަތްތަކެއް. މޭވާ އާއި ތަރުކާރާއި އެނޫން ވެސް ގިނަ ބާވަތްތައް ވިލާ މާޓްގެ ފިހަރާތަކުން ލިބެން ހުރޭ. ފޮޓޯ: ވިލާ މާޓް

މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އިތުރު ސަރަޙައްދުތަކަށް ފުޅާކުރުމުގެ ވިސްނުމާއެކު، ވިލާ މާޓުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެންވަރު ރަނގަޅު އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.

ވިލާ ޓްރޭޑިންގެ ދަށުން ހިންގާ ފިހާރަތަކުން ވިއްކާ މި އުފެއްދުންތައް ހޯލްސޭލްކޮށް ވެސް ލިބެން ހުރެ އެވެ. ހޯލްސޭލް އާ ބެހޭ މައުލޫމާތު ސާފުކުރަން 7667711 ނުވަތަ އީމެއިލް [email protected] ގުޅުއްވާށެވެ. އަދި 7667711 މެދުވެރިކޮށް ގުޅައިގެން ވައިބާ ކޮމިއުނިޓީ މެދުވެރިކޮށް ކަސްޓަމަރުންނަށް އެންމެ ފަހުގެ އަޕްޑޭޓް ހޯދޭނެ އެވެ.

ވިލާ މާޓްގެ ފިހާރައެއްގައި މޭވާ އާއި ތަރުކާރީ ވިއްކަން ބަހައްޓާފައި. ފޮޓޯ: ވިލާ މާޓް

ކަސްޓަމަރުންގެ ހުރިހާ ބޭނުންތަކަށް 24 ގަޑިއިރު ހިދުމަތް ދޭން ވިލާ މާޓުން ތިބީ ތައްޔާރަށެވެ. ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމާއި ހިތްހަމަޖެހުމަކީ ވިލާ މާޓުގެ ކާމިޔާބީގެ ސިއްރެވެ.