ދިރާގުން ކުރިއަށްގެންދާ 'ބޮޑު އީދަށް ރިސޯޓަށް' ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ އިއުލާނުކޮށްފި އެވެ. މިއީ ކުރިއަށް އޮތް ބޮޑު އީދާ ދިމާކޮށް، ބޮޑު އީދަށް ރިސޯޓު ޗުއްޓީއެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާ ހާއްސަ ޕްރޮމޯޝަނެކެވެ.
މި ގޮތުން، މި ޕްރޮމޯޝަންގެ ދަށުން ދޭ ފުރަތަމަ 1000 ޑޮލަރުގެ ރިޒޯޓް ޗުއްޓީ ޕެކޭޖް ހާސިލުކޮށްފައިވާ ނަސީބުވެރިއަކީ ޔޭ ލިން ޓުޓްއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިރާގު ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އަދިވެސް ހުޅުވިފައި އެބައޮތެވެ. މި ގޮތުން 100 ރުފިޔާއިން މަތީގެ އެޑް-އޮން ނުވަތަ ބޫސްޓަރެއް އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް ދިރާގު އެޕްގައިވާ "ބޮޑު އީދަށް ރިސޯޓަށް'' ބެނާއަށް ފިއްތާލައިގެން މި ޕްރޮމޯޝަންގައި އެންރޯލް ކުރެވޭނެ އެވެ.
މި ޕްރޮމޯޝަންގެ ދަށުން ޖުމްލަ ތިން ނަސީބުވެރިއަކަށް މި ހާއްސަ އިނާމު ލިބިގެންދާއިރު، ކޮންމެ ހަފްތާއަކު އެއް ނަސީބުވެރިއަކު ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަހުގެ ތިނަކުން 23ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންއިން ހޮވޭ ކޮންމެ ނަސީބުވެރިއަކަށް 1,000 ޑޮލަރުގެ އަގުހުރި ރިސޯޓު ޗުއްޓީ ޕެކޭޖެއް ލިބިގެންދާނެ އެވެ.
ދިރާގުގެ މަގުސަދަކީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، އީދު ފަދަ ހާއްސަ މުނާސަބަތުތަކާއި ގުޅުވައިގެން ކަސްޓަމަރުންނަށް ހިތްގައިމު އަދި ފައިދާކުރަނިވި ތަޖުރިބާތަކެއް ފޯރުކޮށްދިނުމެވެ.

