ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސެންޓާއި ކޮސްމެޓިކްސްގެ ވިޔަފާރިކުރާ އެއް ފިހާރަ، "ލެ ޕާފިއުމް" އިން ކޮންމެ ދުވަހެއްގެ ސޭލްސްއިން ވަކި ޕަސެންޓެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާ ކުރުމަށް ނިންމައިފި އެވެ.

ލެ ޕާފިއުމްއިން ބުނީ ހަފްތާއެއް ވަންދެން ކޮންމެ ދުވަހެއްގެ ސޭލްސް އިން ފަސް ޕަސެންޓް ފަލަސްތީނަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. މިއީ ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހި ތިބިކަން ހާމަކޮށް ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އެ ފިހާރައިން ބުންޏެވެ.

ލެ ޕާފިއުމްގެ ޕޯސްޓަރެއް

ފަލަސްތީނަށް އިޒްރޭލުގެ އިސްތިއުމާރީ ބާރުން ހިންގަމުން އަންނަ ލާއިންސާނީ ހަމަލާ އަނަންނީ ރާއްޖޭގެ ވިޔަފާރިތަކުން ކުށްވެރިކޮށް އަދި އިޒްރޭލުގެ އުފެއްދުންތައް ބޮއިކޮޓް ކުރަމުންނެވެ.

ލެ ޕާފިއުމްއިން ލިބޭ ބައެއް މަޝްހޫރު މަރުކާތަކުގެ ތެރޭގައި، މީހުންގެ ތެރޭގައި މަގުބޫލު ގޫޗީ، ލަކޯސްޓޭ، ހޫގޯ ބޮސް، ބުލްގާރީ، ވަސާޗޭ، މާކް ޖޭކޮބްސް، ކެލްވިން ކްލައިން، ސަލްވަޓޯރޭ ފެރެގާމޯ އަދި ޑެވިޑޯފް ހިމެނެ އެވެ. އަދި ލެ ޕާފިއުމްގެ ހުރިހާ އައުޓްލެޓެއްގައި ވެސް ވިއްކަނީ 100 ޕަސެންޓް އޮރިޖިނަލް މުދާކަމުގެ ޔަގީންކަން އެ އައުޓްލެޓްތައް ހިންގާ އެސްއެޗްވައިއެން ކޮމްޕެނީން ވަނީ ދީފަ އެވެ.