ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ވިއްކާ މުދަލާއި ދޭ ހިދުމަތްތަކަށް ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ފަރާތްތަކުން ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.

މިއީ އިކޮނޮމިކް މިނިސްޓްރީ އާއި ބީސީސީ ގުޅިގެން ފަހިކޮށްދޭ ފުރުސަތެކެވެ. މި ހިދުމަތުގެ ދަށުން، ބައިނަލްއަގުވާމީ ބާޒާރުގައި މުދަލާއި ހިދުމަތް ދޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ރާއްޖެއިން ބޭރުގެ ފަރާތްތަކުން ފައިސާ ދެއްކުމުން، ޑޮލަރުން އެ ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ.

މިނިސްޓްރީ އަދި ބީސީސީއާ ގުޅިގެން ބީއެމްއެލް އިން މިއަންނަނީ 1 ނޮވެންބަރުން ފެށިގެން މި ހިދުމަތް ދޭން ފެށުމުގެ މަސައްކަތްތައް ކުރަމުންނެވެ.