ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ވެލިގާ ހާޑްވެއާއިން އަގުހުރި އިނާމުތަކާއެކު ފެންޓަސީ ޕްރިމިއާ ލީގު ފަށައިފި އެވެ.

ފުޅާ ދާއިރާއެއްގައި ހާޑްވެއާގެ ވިޔަފާރިކުރާ ކުންފުނިން ބުނީ "ވެލިގާ އެފްޕީއެލް 2021/22"ގެ ނަމުގައި ކުރިޔަށްގެންދާ އެ ލީގަކީ ހުރިހާ ދިވެހިންނަށާއި ބިދޭސީ މަސައްކަތްތެރިންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިޔަށްގެންދާ ލީގެއް ކަމަށެވެ.

ލީގުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ލީގު ކޯޑު 4urvnt ބޭނުން ކޮށްގެން ބައިވެރިވެވޭއިރު، ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އަންނަ ޑިސެމްބަރ 31 އާ ހަމައަށް ލީގުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ވެލިގާ އިން ބުނީ ކޮންމެ މަހަކު ވެސް އެއްވަނައަށް ހޮވޭ މެނޭޖަރަކަށް އޮރިޖިނަލް ޖޯޒީއަކާއި ގިފްޓް ހެމްޕާއެއް ލިބޭނެ ކަމަށެވެ. އަދި މުޅި މުބާރާތުން އެއްވަނަ ފަރާތަކަށް 30,000 ރުފިޔާ، ދެވަނަ ފަރާތަކަށް 20,000 ރުފިޔާ، ތިންވަނަ ފަރާތަކަށް ޕްލޭސްޓޭޟަން 5، އަދި އިތުރު 10 ފަރާތަކަށް އޮރިޖިނަލް ޖޯޒީ އަކާއި 2,000 ރުފިޔާ ފައިސާގެ އިނާމެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ވެލިގާ އިން ބުނީ އިންގްލިޝް ޕްރިމިއާ ލީގާއި ދިމާކޮށް މިފަދަ ފެންޓަސީ ލީގެއް ހިންގުމުގެ މަގުސަދަކީ ފެންޓަސީ ޕްރިމިއާ ލީގަކީ ގިނަ ދިވެހިން އަދި ވެލިގާ ހާޑްވެއާގެ ވެސް ގިނަ ކަސްޓަމަރުންގެ މެދުގައި މަގުބޫލް މުބާރާތަކަށްވުމާއެކު ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ރަނގަޅުކޮށް، އެކުވެރިކަން އާލާކުރުމަށް ކަމަށެވެ.