މިއަހަރުގެ ދައުލަތުގެ ބަޖެޓް ޑެފިސިޓް 7.6 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ނިމިދިޔަ މަހުގައި ދައުލަތުގެ ބަޖެޓުގެ ދަރަނީގެ ގޮތުގައި 7.8 ބިލިއަން ރުފިޔާ ހުރިނަމަވެސް މި އަދަދު ވަނީ ދައުލަތަށް އިތުރުވި އާމްދަނީ އާއި އެކު ކުޑަވެފަ އެވެ.
މިގޮތުން ފިނޭންސް މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނިމިދިޔަ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 1.98 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިދިޔަ އަހަރާއި އަޅާ ކިޔާއިރު، 133 އިންސައްތަ އިތުރު އަދަދެއްކަން ފާހަގަކުރެވެ އެވެ.
އޭގެ އިތުރުން މިމަހުގެ 7 ވަނަ ދުވަހާއި ހަމައަށް ދައުލަތަށް 14.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. މި މުއްދަތުގެ ތެރޭގައި ދައުލަތުން ވަނީ 22.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފަ އެވެ.
މިގޮތުން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ އަދަދު އިތުރުވެފައިވަނީ ެކުހުގެ ގޮތުގައި އިތުރުވާ އަދަދު ކުރިއެރުމުގެ ސަބަބުން ނެވެ. މިގޮތުން މިހާތަނަށް ޓެކުހުގެ ގޮތުގައި ޖުމްލަ 10.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބިފައިވާ ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ކޮވިޑުގެ ހާލަތާއި ގުޅިގެން ދުނިޔޭގެ އެހެން ގައުމު ތަކެކޭ އެއްފަދައިން ރާއްޖޭގެ އިގްތިޞާދަށްވެސް އެކި ވަރު ވަރުން ގެއްލުންތައް ލިބި މާލީ ގޮންޖެހުންތަކަކާއި ކުރިމަތި ލާން ޖެހުނެވެ. އެހެންނަމަވެސް ރާއްޖޭގެ އިގްތިސާދު އަނބުރާ އިއާދަވާ ދުވެލި ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން އަންނަ ކަމަށް ވޯލްޑް ބޭންކުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.
ިފިނޭންސް މިނިސްޓަރު އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ