ސްޓެވޯ ބްރޭންޑްގެ ޖަނަރޭޓަރުތަކުގެ އާމޮޑެލްއެއް ސްޓެލްކޯ އިން ނެރުމަށް ތައްޔާރުވެއްޖެ އެވެ.

ސްޓެލްކޯއިން ބުނީ ސްޓެވޯ ބްރޭންޑްގެ ޖަނަރޭޓަރުތަކުގެ އާމޮޑެލްއެއް މިހާރު އެސެމްބަލްކޮށް ބާޒާރަށް ނެރެން ތައްޔާރު ކުރެވިފައިވާ ކަމަށެވެ. އެގޮތުން ސްޓެވޯ ބްރޭންޑްގެ STW500 މޮޑެލްގެ ފުރަތަމަ ޖަނަރޭޓަރުގެ ލޯޑް އަދި ފަންކްޝަން ޓެސްޓް ހަދާނިމި، މިހާރު ވަނީ ވ. ތިނަދޫއަށް ފޮނުވާލުމަށް ތައްޔާރު ކުރެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ސްޓެލްކޯއިން ބުނީ އެކުންފުނިން މިހާރު ހަތަރު މޮޑެލްގެ ޖަނަރޭޓަރު ވޯކްޝޮޕުން އެސެމްބަލް ކޮށްފައިވާ ކަމަށެވެ. އެގޮތުން STW600، STW500، STW300 އަދި STW800 އެސެމްބްލް ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯއިން ބުނީ މިވައްތަރުގެ ޖަނަރޭޓަރު ސެޓުތަކަށް އޯޑަރު ދިނުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި ކޮންމެ ޖަނަރޭޓަރު ސެޓަކަށް ވެސް، ލޯކަލް ވޮރަންޓީ އާއި، އާފްޓަ ސޭލްސް ސާވިސް އަދި ކަސްޓަމަރުން ބޭނުންވެއްޖެ ހިނދެއްގައި އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތް ވެސް ސްޓެވޯއިން ފޯރުކޮށްދޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން އެސެމްބަލްކޮށްފައިވާ ފުރަތަމަ ޖަނަރޭޓަރު ސެޓް އދ. ހަންނާމީދޫއަށް ވަނީ ގެންގޮސްފަ އެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހު އިފްތިތާހުކުރި މިޖަނަރޭޓަރު ސެޓަކީ 300kVA ގެ STW300 މޮޑެލްގެ ޖަނަރޭޓަރު ސެޓެކެވެ.