ރާއްޖޭގެ މަރުކަޒީ ބޭންކުން ފައިސާ ޗާޕު ނުކުރަން އަންގާފައިވަނިކޮށް ސަރުކާރުން 7.7 ބިލިއަން ރުފިޔާ ޗާޕްނުކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި އެވެ.
ކޯވިޑް 19އާއި ގުޅިގެން ދައުލަތުގެ ހަރަދަށް ޒިއްމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)،(ރ) އަދި (ބ) އަށް އަމަލުކުރުމުގައި ރައްޔިތުންގެ މަޖިލީހުން ދީފައިވާ ހުއްދަ 2023 ވަނަ އަހަރަށް ދަންމާލާ ފައިސާ ޗާޕުކުރުމަށްޓަކައި ސަރުކާރުން މިވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފަ އެވެ. އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރުން ނިންމާފައި ވަނީ މި މާއްދާތައް ސަސްޕެންޑް ކުރުމަށްފަހު 7.7 ބިލިއަން ރުފިޔާ ޗާޕްކުރުމަށް ކަމަށެވެ.
މިކަމަކީ މިކޯލިޝަނުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަކަށްވާތީ މިގޮތަށް ގައުމުގެ އިގްތިސާދަށް ގެއްލުންދެނިވި ގޮތަކަށް އަދި ރައްޔިތުންނަށް އެކަމުގެ އެއްވެސް މަންފާއެއް ނެތް ގޮތަކަށް މިހާ ގިނަ ޢަދަދެއްގެ ފައިސާ ޗާޕުނުކުރުމަށް ކޯލިޝަނުން ސަރުކާރަށް ގޮވާލާފައިވެ އެވެ.
"ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ބަޖެޓުގެ އިތުރަށް ހަރަދު ކުރެވޭނީ ދައުލަތުގެ ތިން އަހަރުގެ އާމްދަނީގެ އެކެއް އިންސައްތަ ކަމަށްވިޔަސް މިމާއްދާތައް ސަސްޕެންޑް ކޮށްގެން މިހާތަނަށް ހަތަރު ބިލިއަން ރުފިޔާ ނަގާފައިވެ އެވެ. މި ހިނގާ 2021 ވަނަ އަހަރު ނިމޭއިރު ވެސް މި ފައިސާ ނުދެއްކި ދަރަނީގެ ގޮތުގައި އަދިވެސް އެބައޮތެވެ. ނަމަވެސް ގާނޫނުގައި ވަނީ މަރުކަޒީ ބޭންކުން ނަގާ ފައިސާ 91 ދުވަހުގެ ތެރޭގައި ދައްކާ ނިންމަންޖެހޭ ކަމަށެވެ." އެ ކޯލިޝަނުން ބުންޏެވެ.
އެމްޑީޕީގެ މެޖޯރިޓީ މަޖިލިސްއެއް އޮވެ ފައިސާ ޗާޕުކުރަން ހުއްދަ ދިންއިރު، ފައިސާ ދައްކާނެ ގޮތުގެ ޕްލޭންއާއި އެ ފައިސާ ޗާޕުކޮށްފައި އެ ބޭނުންކުރާނެ ގޮތުގެ ތަފްސީލް ހާމަކުރުމަކީ މިނިސްޓަ އޮފް ފިނޭންސްގެ މައްޗަށް ލާޒިމްކަމެއް ކަމަށް ކަނޑައަޅާފައިވީ ނަމަވެސް މިހާ ގިނަ ފައިސާ ބޭނުންކޮށްފައިވަނީ ކޮންކަމަކަށްކަން ރައްޔިތުންނަށް އެނގޭކަށްނެތް ކަމަށް އިދިކޮޅުން ބުނެ އެވެ.
އަންނަ އަހަރު ދައުލަތުގެ ދަރަނި 100 ބިލިއަނަށްވުރެ މައްޗަށް އަރައިގެންދާއިރު ގަވަރނަރގެ ހުއްދަ ނެތި މަރުކަޒީ ބޭންކަށް ނުފޫޒު ފޯރުވައިގެން މިހާ ގިނަ އަދަދެއްގެ ފައިސާ އަނެއްކާވެސް ޗާޕުކުރުމަކީ އޭގެ ސަބަބުން މިހާރު އުފުލުފައިވާ ތަކެތީގެ އަގު އަނެއްކާ ވެސް މައްޗަށް އުފުލި، ޑޮލަރުގެ އަގު ބޮޑުވެ ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު މިހާރު ހުރި ވަރަށް ވުރެ ވެސް މައްޗަށް އަތްނުފޯރާ ފަށަށް ގޮސް ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ވެސް ބުނެ އެވެ.
އިދިކޮޅުން ބުނެފައިވަނީ އަދި ކޮވިޑް 19އާ ގުޅިގެން ވިޔަފާރިތަކަށް ކަނޑައަޅާފައިވާ މޮރެޓޯރިއަމްގެ މުއްދަތު ނިމި އިންކަމް ސަޕޯޓު ދިނުން ހުއްޓާލާފައިވާއިރު، މިހާ ގިނަ އަދަދެއްގެ ފައިސާ ޗާޕުކުރުމަކީ ވިޔަފާރިތައް ބަނގުރޫޓުވެ ކުދި ވިޔަފާރިތައް އެއްކޮށް ހަލާކުވެގެން ހިނގައިދާނެ ކަމަށެވެ.
އިދިކޮޅު ސިޔާސީ ޕާޓީގެ އަޑު ކަނޑުވާލުމަށްފަހު މިކަން ކޮށްފައިވަނީ މާލީ ބޮޑެތި ކަންކަމާއި ބަޖެޓާއި ގުޅުންހުރި ކަންކަން ކުރިއަށްދާއިރު މަޖިލިސްގައި މިފަދަ މުހިއްމު ބަހުސްތަކުގައި އަމަލުކުރާ އުސޫލުތަކާއި މުޅިން ހިލާފަށް ކަމަށް އިދިކޮޅުން ބުނެ އެވެ.
"ރައްޔިތުންނަށް އޮޅުވާލައިގެން ދައުލަތުގެ ޚަރަދަށް ޒިއްމާވާންޖެހޭ ގާނޫނުގެ މާއްދާތައް ސަސްޕެންޑް ކުރުމަށްފަހު ހިތުހުރި ވަރަކަށް ފައިސާ ޗާޕްކުރުމުގެ ހުއްދަހޯދުމަށް ރައްޔިތުންގެ މަޖިލީހަށް އަނެއްކާވެސް ހުށައަޅާފައިވާއިރު ބަޖެޓް މެނޭޖް ކުރުމަށްޓަކައި ދައުލަތުގެ ރިކަރަންޓް ހަރަދު ކުޑަކޮށް މަޖިލީހުގެ މެންބަރުންނާ ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކުގައި ތިބި މީހުންގެ މުސާރަ ކުޑަ ކުރުމަށާއި ސިޔާސީ މަގާމްތައް މަދުކުރުމަށާއި ދައުލަތުގެ އިސްރާފު ކުޑަކުރުމަށް މިކޯލިޝަނުން ތަކުރާރުކޮށް ގޮވާލަމެވެ. އަދި ދަރީންގެ ދަރީންގެ ބޮލުގައި ބޮޑެތި ޢަދަދުތަކުން ދަރަނި އެޅޭފަދަ ގޮތަކަށް، ސަރުކާރުގެ ވެރިންނާއި އެމީހުންގެ ރައްޓެހިންނަށް ބަދަލުގެ ގޮތުގައި ދިނުމަށާއި އަދި ކޮރަޕްޝަން ހިންގުމަށް ފައިސާ ޗާޕުނުކުރުމަށް ސަރުކާރަށް ގޮވާލަމެވެ." އިދިކޮޅުގެ ބަޔާނުގައިވެ އެވެ.
ހިޔާ ފްލެޓްްސް ތަކުގެ ކުލި ބޮޑު ކުރި ރައްޔިތުންނަށް ގައްދާރުވެފައިވާ ގައްދާރު ސަރުކާރެކޭ މީ މީ ސީދާ ރައްޔިތުންނަށް ބަތާހަރާމީވެ ހަރާމްކޯރުވެފައިވާ ސަރުކާރެކޭ ހަރާމްކޯރު ސަރުކާރު ހަރާމްކޯރު ސަރުކާރު ހަރާމްކޯރު ސަރުކާރު ހަރާމްކޯރު ސަރުކާރު ހަރާމްކޯރު ސަރުކާރު ހަރާމްކޯރު ސަރުކާރު ހަރާމްކޯރު ސަރުކާރު ހަރާމްކޯރު ސަރުކާރު ހަރާމްކޯރު ސަރުކާރު ހަރާމްކޯރު ސަރުކާރު ހަރާމްކޯރު ސަރުކާރު ހަރާމްކޯރު ސަރުކާރު ހަރާމްކޯރު ސަރުކާރު ހަރާމްކޯރު ސަރުކާރު ހަރާމްކޯރު ސަރުކާރު ހަރާމްކޯރު ސަރުކާރު
އިންޑިއާ ސިފައިން މިގައުމުގައި ތިބެން ޖެހޭނީ ދިވެހިރައްހޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގާ ވޯޓް ލީ މީހުންގެ %99 ވޯޓް އެކަމަށް ތާއީދު ލިބިގެންނޭ އެނޫން އެއްވެސް ހާލަތެއް ނޯންނާނެއޭ އިންިޑިއާ ފަދަ ފަގީރު ކިބަޅި ކައްޕަޅި ގައުމެއްގެ ސިފައިން ރާއްޖޭގައި ބައިތިއްބަން ޖެހޭނެ އެއްވެސް ގޮތެއް ދިވެހި ސިފައިން ސަރުކާރާއި ދެކޮޅަށް ނިކުމެއްޖެނަމަ އިންޑިއާ ސިފައިން ލައްވާ އެކަން މައިތިރި ކުރެވޭނެ ކަމަށް ސަރުކާރުން ހީނުކުރާތި ދިވެހިސިފައިން މަމެންގެ ފުރާނަދީގެން ވެސް ދިފާއުކުރާނަމޭ އެމްޑީޕީ ހަނދާން
އިންޑިއާ އައުޓް ކެމްޕެއިން އެއީ ދޮގެއް ކަމަށް ސަރުކާރުން ބުނާނަމަ ދެން ސަރުކާރުން ކިއެއްވެތޭ ރައްޔިތުންގެ ވަކިން ޚާއްސަކޮށް ހޭޖެހޭ ތަންދޮރު ދަންނަ އިންގިލާބީ ހަރަކާތުގައި ބައިވެރިވާ ރާއްޖޭގެ ހައިކްލާސް މައުލޫމާތު ހުރި ކޮމިއުނިޓީގެ %99 ރައްޔިތުން ދައްކާވާހަކަ ތަކަށް އިޖާބަ ނުދީގެން އުޅެނީ އެއަދަދު މިއަދު އެބައަރައޭ 2 ލައްކަ އާއި ގާތަށް ސަރުކާރުން ޔޫޓީއެފް ކުރީ ސަރުކާރުން އެއްބަސްވެފައިވާ އެކްޝަން ޕްލޭނާއި އަދި މިސަރުކާރުން ވެފައިވާ އެއްބަސްވުން ހާމަނުކޮށްގެން އުޅުން އެއީ ސީދާ ގައްދާރުވުމޭ