އެސްޓީއޯއިން އޮތަރައިޒްޑް ޑިސްޓިބިއުޓަރެއްގެ ގޮތުގައި އެތެރެކޮށް ވިއްކާ "ކޯނޭ" ލިފްޓް ގަންނަ ފަރާތްތަކަށް ހިލޭ ލިފްޓް އިންސްޓޯލް ކޮށްދޭ ޕްރޮމޯޝަންއެއް ފަށައިފި އެވެ.

އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް އެ ޕްރޮމޯޝަން ކުރިޔަށް ގެންދަނީ ހުޅުމާލެ ސެންޓްރަލް ޕާކްގައި މިއަދު ފެށި "މޯލްޑިވްސް ލިވިންގް އެކްސްޕޯ 2021" ގަ އެވެ.

އެ ކުންފުނިން ބުނިގޮތުގައި "ލިވިންގް އެކްސްޕޯ"ގައި ހުންނަ އެސްޓީއޯގެ ސްޓޯލްއަށް ޒިޔާރަތްކޮށް ލިފްޓަށް އޯޑަރުކުރާ ފަރާތްތަކަށް ލިފްޓުގެ އިންސްޓޮލޭޝަން ފީ އުނިކޮށް، އެ މަސައްކަތް ހިލޭ ކޮށްދޭން ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ލިފްޓް ގަންނަން ބޭނުންވާ ފަރާތްތަކުން ބޭނުންވާ ގޮތަށް ވަގުތުން ލިފްޓް ޑިޒައިންކުރުމުގެ އިންތިޒާމު ވެސް އެސްޓީއޯގެ ސްޓޯލްގައި ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި ލިފްޓު ބޭނުންވާ ޑިޒައިން އަށް ފަރުމާކުރުމަށްފަހު ލިފްޓުގެ މޮޑެލް ބަލާލުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިއިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ފިންލޭންޑްގެ އުފެއްދުމެއްކަމަށްވާ ކޯނޭގެ ޑިޒައިންތަކަށް ވަނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ "ރެޑް ޑޮޓް ޑިޒައިން އެވޯޑް" އެކި ފަހަރު މަތިން ލިބިފައި އެވެ.

އެސްޓީއޯއިން ދާދި ފަހުން ވަނީ ކޯނޭގެ ޓަޗްލަސް ސިގްނަލައިޒޭޝަން ވެސް ރާއްޖޭގެ މާކެޓަށް ތައާރަފް ކޮށްފަ އެވެ. އަދި މިއީ މާކެޓްގައި މިހާރު ކަސްޓަމަރުންގެ އިތުބާރު އެންމެ ބޮޑަށް ލިބިފައިވާ އެއް ލިފްޓު ކަމަށް ވެސް އެ ކުންފުނިން އުފަލާއެކު ފާހަގަކުރެ އެވެ.