މިދިޔަ މާޗު މަހު މީރާއަށް ޖަމާކުރި އާމްދަނީ މިދިޔަ އަހަރު މާޗް މަހާ އަޅާބަލާއިރު 64.2 ޕަސެންޓް އިތުރުވެ، ޖުމްލަ 2.18 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާއިން ބުނީ މިދިޔަ މަހު ލިބުނު 2.18 ބިލިއަން ރުފިޔާއަކީ ކުރިން އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 32 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.
މީރާއިން ބުނި ގޮތުގައި، މާޗު 2021 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީއެސްޓީ، ޓޫރިޒަމް ލޭންޑް ރެންޓް، އިންކަމް ޓެކްސް، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމެވެ. މިގޮތުން، ފެބުރުއަރީ 2021 އާއި އަޅައިބަލާއިރު، މިދިޔަ ފެބުރުވަރީގައި ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 53.8 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
މިދިޔަ މަހު މީރާއަށް ޖަމާކުރި އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 50.7 ޕަސެންޓް ނުވަތަ 1.10 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓްއިންނެވެ. އެއީ 24.8 މާޗު މަހު މީރާއަށް ލިބުނު އާމްދަނީ 64.2 ޕަސެންޓް އިތުރުވެ، ޖުމްލަ 2.18 ބިލިއަން ރުފިޔާ ނުވަތަ 541.19 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، އިންކަމް ޓެކްސްގެ ގޮތުގައި 183.70 މިލިއަން ރުފިޔާ (8.4 ޕަސެންޓް)، ގްރީން ޓެކްސްގެ ގޮތުގައި 105.71 މިލިއަން ރުފިޔާ (4.8 ޕަސެންޓް)، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 65.09 މިލިއަން ރުފިޔާ (3.0 ޕަސެންޓް) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 179.79 މިލިއަން ރުފިޔާ (8.2 ޕަސެންޓް) ޖަމާކޮށްފައިވެ އެވެ.
މީރާއަށް މިދިޔަ މަހު ޖާމަކުރި އާމްދަނީގެ ތެރޭގައި 106.71 މިލިއަން ޑޮލަރު ހިމެނެ އެވެ.