ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލެމުން އަންނަނިކޮށް ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމާމެދު ސަރުކާރުން އެކި ފަރާތްތަކާ މަޝްވަރާކުރަން ފަށައިފި އެވެ.
އެގޮތުން އާންމުންނަށް ވިއްކާ އަސާސީ މުދަލުން ނަގާ ޓެކްސް، ޖީއެސްޓީ އާއި ޓޫރިސްޓުން އަތުން ނަގާ ޓެކްސް، ޓީ-ޖީއެސްޓީ ބޮޑު ކުރަން ސަރުކާރުން ކަމާ ގުޅޭ ފަރާތްތަކާ އެކު މަޝްވަރާ ފަށައިފައިވާ ކަމަށް ބައެއް ޖަމްއިއްޔާތަކުންވަނީ ހާމަކޮށްފަ އެވެ. އާންމުންގެ އަތުން މުދަލާއި ޚިދުމަތުން ނަގާ ޓެކުހަށް ގެންނަން ނިންމާފައިވާ ބަދަލަކީ މިހާރު ނަގަމުންދާ %6ގެ ބަދަލުގައި، %8 ނެގުމެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީޖީއެސްޓީގެ ގޮތުގައި މިހާރު ނަގަމުން އަންނަ %12 ގެ ބަދަލުގައި %16 ނެގުމެވެ.
ފިނޭންސް މިނިސްޓްރީއެއްގެ އިސްވެރިޔަކު ވިދާޅުވީ މިހާރު ކުރިއަށްދަނީ އެކި ދާއިރާތަކުގެ ސްޓޭކް ހޯލްޑަރުންނާ ބައްދަލުކޮށް، ޖީއެސްޓީއާއި ޓީޖީއެސްޓީއަށް ގެންނަ ބަދަލުތަކާމެދު މަޝްވަރާކުރުމުގެ މަރުހަލާ ކަމަށެވެ. އެގޮތުން މިހާރު ފިނޭންސް މިނިސްޓްރީއާއި ޓުއަރިޒަމް މިނިސްޓްރީން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ތަމްސީލުކުރާ ބައެއް ޖަމްއިއްޔާތަކާ ބައްދަލުކޮށް ޓީޖީއެސްޓީއަށް ގެންނަ ބަދަލާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ޖީއެސްޓީ ބޮޑުކުރަނީ ތަކެތީގެ އަގުބޮޑުވުމާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ބޮޑުވާތީ އާމްދަނީ އިތުރުކުރުމަށެވެ. އަދި ސަރުކާރުގެ ވިސްނުން ހުރީ އަންނަ އަހަރުގެ އޭޕްރީލް ނުވަތަ މޭ މަހުގައި ޓެކުސް ރޭޓު ބޮޑުކުރުމަށެވެ.
ޖީއެސްޓީއާއި ޓީޖީއެސްޓީ ނަގާ މިންވަރު ބޮޑު ކުރުމަށް ސަރުކާރުން މަޝްވަރާ ފަށާފައިވާއިރު މިހާރުވެސް ރާއްޖޭގައި ތަކެތީގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. އެގޮތުން އާއްމުން އެންމެ ގިނައިން ބޭނުންކުރާ އަސާސީ ބާވަތްތަކުންވެސް އަގުވަނީ އިންތިހާއަށް މަތިވެފަ އެވެ.
ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރަން މަޝްވަރާ ފަށައިފިއޭ އެހެންތޭ ތަމެން ސްޓޭކް ހޯލްޑަރުންނޭ ތިޔާ ކިޔަނީ ކޮން ބަޔަކަށްތޭ ސްޓޭކް ހޯލްޑަރުންނަށް ވާނީ ދިވެހިރައްޔިތުންނޭ އެއްގޮތަކަށް ވެސް ޖީއެސްޓީ ވެސް އަދި އެހެން ޓެކްސް އެއް ވެސް ރައްޔިތުން އަތުން ނެގޭނީ ސީދާ ރައްޔިތުންގެ ވޯޓަކުންނޭ އެނޫން ގޮތަކަށް ރައްޔިތުން އަތުން ޓެކްސް ނަގައިގެން ނުވާނެއޭ ސަރުކާރުގެ ޚަރަދު ތައް އިންތިހާ އަށް ބޮޑުވިއިރު ކުރިން ވެސް މަމެން ބުނީމޭ ރާއްޖެތެރެއަށް ބޭކާރު ޚަރަދު ނުކުރާށޭ ރާއްޖެތެރޭގެ 10 ހާހުން ދަށުގެ ހުރިހާ އާބާދީ