ދައުލަތުގެ އާމްދަނީ އިތުރު ކުރަން ރައްޔިތުންގެ އަތުން ނަގާ ޓެކްސް 8 ޕަސެންޓަށް ބޮޑު ކުރަން ސަރުކާރުން ނިންމައިފި އެވެ. މިކަން ހާމަކޮށްފައިވަނީ މާލީ ވަޒީރު އިބްރާހީމް އަމީރު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސަންޓަށް، އަދި ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އަށް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.
އަމީރު ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށް އޮތް އަހަރު މާލީގޮތުން އިތުރު ދަތިތަކަކާއި ކުރިމަތިލާންޖެހޭނެކަމަށެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ އިތުރުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެކަމަށް އަމީރު ވިދާޅުވި އެވެ. އެގޮތުން ސަބްސިޑީތައް ރީފޯމްކޮށް، އިތުރު ޕްރޮޖެކްޓްތައް ހިންގުން މަޑު ޖައްސާލާފައިވާކަމަށް އަމީރު ވިދާޅުވި އެވެ.
"އޭގެ އިތުރުން ރައީސް ފާހަގަކުރެއްވިހެން މިހާރު އަޅުގަނޑުމެން އިއުލާނުކޮށްފައިވާ މަޝްރޫއުތަކުގެ އިތުރުން އިތުރު މަޝްރޫއުތައް މަޑުޖައްސާލުމަށް އަޅުގަނޑުމެން ނިންމާފަ ވާނީ. މީ މިހާރު ކުރަން އަޅުގަނޑުމެން ނިންމާފައިވާ ކަންތައްތައް،" އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި އަހަރުގެ ރިކަރަންޓު އަދި ކެޕިޓަލް ހަރަދުވެސް ހިނގަމުންދަނީ މިިދިޔަ އަހަރާއި އަޅައި ބަލާއިރު ފުދޭވަރަކަށް ބާރަށެވެ. އެހެންކަމުން އާމްދަނީ އިތުރުކޮށް ހަރަދު ކޮންޓްރޯލްކުރަން ފިޔަވަޅު ނާޅައިފިނަމަ 2023 ވަނަ އަހަރު ގާތްގަނޑަކަށް 46 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަންޖެހޭނެ ކަމަށެވެ.
"ސިޔާސަތުތަކަށް ބަދަލު ނުގެންނަ ނަމަ ދައުލަތުގެ އާމްދަނީއަށްވުރެ ބޮޑުތަނުން ހަރަދު އިތުރުވެގެންދާނެ. އާމްދަނީ އިތުރުކޮށް ހަރަދު ކޮންޓްރޯލްކުރަން ފިޔަވަޅު ނާޅައިފިނަމަ 2023 ވަނަ އަހަރު ގާތްގަނޑަކަށް 46 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަންޖެހޭނެ. މީ ބޭރުގެ މާލީ ހާލަތާއި ދުނިޔޭގެ އިގްތިސާދީ ހާލަތަށް ބަލާފައި ފައިނޭންސް ކުރެވޭނެ މިންވަރެއް ނޫން،" އަމީރު ވިދާޅުވި އެވެ.
ސަރުކާރު ޖެހޭނީ މިހާތަނުން އިސްތިއުފާ ދީފައި ގެއަށް ކަނޑާލަން މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު ވަކިކޮށް ގާސިމް އިބްރާހިމަށް މަޖްލީހުގެ ރައީސް ކަން ދޭންވީއޭ އަނެއް ހެން މިހާރު މިއޮތް މަޖްލީހަކީ އެއީ ރައްޔިތުން އަތުން ލޫޓުވަން އުފެދިފައި އޮތް މަޖްލީހެކޭ މަޖްލީހުގެ މެމްބަރުން މަޖްލީހަށް ބޯގަޅާލާފައި ވަނީ އެއީ އެއްގޮތަކަށް ވެސް ދާއިރާގެ ރައްުޔިތުންގެ %50 އަށް ވުރެން މަތިން ވޯޓް ނުލިބި ކަމަށްވާތީވެ އެެގޮތަށް އައި މެމްބަރުން ވާނީ ވަގުންނަށޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ
ޖީއެސްޓީ ބޮޑުކުރަން ޖެހޭނީ ރައްޔިތުންގެ ވޯޓަކުންނޭ އެނޫން ގޮތަކަށް ޖީއެސްޓީ ބޮޑުކޮށްގެން ނުވާނެއޭ ނުވާނެއޭ މަޖްލީސް މެމްބަރުންނަށް ރައްޔިތުން ފެލަން ގާނޫނު ފާސް ނުކުރެވޭނެއޭ މަޖްލީސް މެމްބަރުން މިހާރު އެވަނީ ލިވާތު ކުޅީގައި ގޮސް އަރަގު ވެފައޭ ރައްޔިތުންގެ ވޯޓަކަށް ދާން ޕީޕީއެމް އިން އެބަޖެހޭ ގޮވާލާ މިކަމަށް ކެމްޕެއިން ކުރަން އެނޫން ނަމަ ރާއްޖެ ހޯދާ ނުފެންނަ ހިސާބަށް މިހާރު މިއުޅޭ ކައްޕަޅި ސަރުކާރު ގެންދާނެއޭ ޖީއެސްޓީ ބޮޑުކުރެވޭނީ ރައްޔިތުންގެ ވޯޓަކުންނޭ ރައްޔިތުންގެ ވޯޓަކުންނޭ ރައްޔިތުންގެ
ސަރުކާރުން ޖީއެސްޓީ ބޮޑުކުރަން ޖެހޭނީ ސީދާ ރައްޔިތުންގެ ވޯޓަކުން ނޭ ރައްޔިތުން ނުވެސް ހޮވާ މީހަކު ދެން ފިނޭންސް މިނިސްޓަރަކަށް ހުރެގެން އޭނާ ބުނާ ގޮތަށް މަމެން އަތުން ޓެކްސް ނަގަން ނުޖެހޭނެއޭ އޭނާ އެބުނަނީ އިންފްލޭޝަން ބޮޑުވާނީ %1 އޭ އެއީ އޭނާ އަށް އިގްތިސާދުގައި ވާނުވާ ނޭގޭތީއޭ އިންފްލޭޝަން ބޮޑުވާނީ %12 އަށޭ ކަން މިހެން ހުރުމުން ރައްޔިތުންގެ ވޯޓަކުން ނޫން ގޮތަށް ރައްޔިތުން މަޖްލީހުގައި ތިބޭ ކުޑަ ކުޑަ ފްރެކްޝަނަކުން ވޯޓް ލިބިގެން އައިސްތިބި ބަޓް ގްރޫޕް ބުނާ ގޮތަށް ރައްޔިތުން އަތުން ޓެކްސް ނުނެގޭ
ސަރުކާރު ހިންގަން ނޭނގެނީއޭ ކުރިން ވެސް މަމެން ބުނަމުންނޭ އައީ ރާއްޖެތެެރޭ ކުދި އާބާދީ ތަކަށް ދައުލަތުގެ ބަޖެޓުން ބޮޑެތި އަދަދު ތައް ޑަމްޕް ނުކުރާށޭ އެއިން ކުރާނެ އެއްވެސް ފައިދާ އެއް ނޯންނާނެއޭ ބަދަލުގައި މާލެ ސަރަރަހައްދުގައި އޮތް ފުށި ދިއްގަރު ފަޅު ހިއްކާ އެތަނުން ރާއްޖޭގެ އެންމެނަށް ގޯތި ކުއްޔަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ އަށް ކުއްޔަށް ދިން ނަމަވެސް މިއަށް ވުރެން ރަނގަޅުވާނެއޭ އެހެން ނަމަ ޖީއެސްޓީ ބޮޑު ކުރަން ނުޖެހޭނެއޭ މަހަށްދޭބަލަ އަމީރު މަހަށްދޭބަލަ މަހަށް މަހަށް މަހަށްދޭބަލަ...
ރައްޔިތުން އަތުން އަނެއްކާ އިތުރު %2 ޖީ.އެސް.ޓީގެ ގޮތުގައި ނެގުމަށްވުރެ ތިބޭފުޅުން ކުރައްވާ އެހެނިހެން ބޭކާރު ޚަރަދުތައް ކުޑަ ކުރުން މުހިންމު ނޫންތޯ.؟
ރައްޔިތުން ފެލައިގެން ފައިސާ ނެގުން ނޫންކަމެއް ސަރުކާރުން އެބަކުރޭތަ