ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އެރައިވަލް ހޯލް ބޮޑުކުރުމުގެ ގޮތުން "ދޮވެމި" އެރައިވަލް ޝޮޕް ޖެނުއަރީ 1ގައި ބަންދުކުރަން ނިންމައިފި އެވެ.
އެއާޕޯޓްގެ އެރައިވަލް ޓާމިނަލް ބޭރުގައި ހުންނަ ހުޅުވީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
އެމްއޭސީއެލުން ހިންގާ "ދޮވެމި" ފިހާރަ އިން ވިއްކާ ސާމާނުގެ ތެރޭގައި އަތުގައި އަޅާ ގަޑި އާއި ވޮލެޓާއި ބެލްޓާއި ގަލަމުގެ އިތުރުން ޗޮކްލެޓާއި އައިނާއި ރީތިވާން ބޭނުން ކުރާ ސާމާނު ވެސް ހިމެނެ އެވެ.
1184 ފޫޓުގެ މި ފިހާރަ ބަންދުކުރުމުގެ ހުސްކުރާ ސޭލެއް މިދިޔަ ހަފުތާގައި އެޅުވުމުން، 24 ގަޑިއިރު ވެސް ނުވަނީސް އެތަނުގެ ސްޓޮކްގެ ބޮޑު ބައެއް ވަނީ ވިކި ހުސްވެފަ އެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލްގެ "ދޮވެމި" ޑިއުޓީ ފްރީ ފިހާރައިން އާންމުކޮށް މުދާ ވިއްކައި ޑެލިވަރީ ކުރަން އުޅޭ ކަމުގެ ޝަކުވާއެއް އެ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ 2020 ވަނަ އަހަރު ކޮމިޓީ އަށް ހުށަހެޅި އެވެ. އަދި މާލޭގައި ހިންގާ ކުދި ވިޔަފާރިތަކަށް އޭގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުން ވަމުންދާ ކަމުގެ ޝަކުވާތައް ލިބޭ ކަމަށް އެ ކޮމިޓީގައި ބައިވެރިވި މެމްބަރުން ވިދާޅުވެފައިވެ އެވެ.