ކޮވިޑް-19ގެ ތިން ވަނަ ރާޅު ރާއްޖެއަށް ކުރިމަތިވެފައިވައިވާތީ، ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ދިރާގުގެ ޚިދުމަތްތައް ހޯދުމަށާއި ބިލްތަކަށް ފައިސާ ދެއްކުމަށް ދިރާގު "މައިއެކައުންޓް" އަދި ދިރާގު މޯބައިލް އެޕްލިކޭޝަން ފަދަ ޑިޖިޓަލް ޚިދުމަތްތައް ބޭނުން ކުރުމަށް ދިރާގުން އިލްތިމާސް ކޮށްފި އެވެ.
ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ ކުންފުނިން ބުނީ އިންޓަނެޓް އަދި މޮބައިލް ޕެކޭޖްތައް ބަދަލުކޮށް، މޮބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖްތަކުގެ ޔޫސޭޖް ތަފުސީލު ބަލާލައި، ބިލް ދައްކާ، އަދި ދިރާގުގެ އެކި އެކި ޚިދުމަތަތަކަށް އެދުމަށް ކަސްޓަމާ ކެއާ ސެންޓަރުތަކަށް ދިއުމުގެ ބަދަލުގައި އޮންލައިންކޮށް އެޕްލައިކުރުން ފަދަ ގިނަ ފަސޭހަތައް "މައި އެކައުންޓް" ޚިދުމަތް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.
"ދިރާގު ކަސްޓަމާ ސާވިސް ސެންޓަރުތައް މިހާރު ހުޅުވިފައި ވީނަމަވެސް، ކަސްޓަމަރުންނަށް ޚިދުމަތް ދެވޭނީ ކުރީބައިގައި އެޕޮއިންޓްމެންޓެއް ހައްދައިގެންނެވެ. އަދި އެޗްޕީއޭ އިން އަންގަވާފައިވާ ގައިދުރުކުރުމުގެ އިރުޝާދުތަކުގެ މަތިން ކަސްޓަމާ ސާވިސް ސެންޓަރުތަކުގައި ކޮންމެ ދުވަހަކު ޚިދުމަތް ދެވޭނީ ވަކި އަދަދެއްގެ ކަސްޓަމަރުންނަށެވެ." ދިރާގުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ. "މި ސްލޮޓްތައް ދިނުމުގައި އައު ކަސްޓަމަރުންނަށް އިސްކަންދެވޭނެއެވެ. އެހެންކަމުން ދިރާގުގެ ޚިދުމަތްތައް މިހާރު ގެންގުޅުއްވާ ކަސްޓަމަރުން މައިއެކައުންޓް މެދުވެރިކޮށް ޚިދުމަތް ހޯދުމަށް ދިރާގުން އިލްތިމާސް ކުރެއެވެ."
ދިރާގުގެ "މައިއެކައުންޓް" ޚިދުމަތައް މިހާތަނަށް ރެޖިސްޓާކޮށްފައިނުވާ ކަސްޓަމަރުން ވެބްސައިޓްގެ ލިންކުން ރެޖިސްޓާ ކުރެވޭނެ އެވެ.
ދިރާގުން ބުނީ ކޮވިޑް-19ގެ ކޭސްތައް އިތުރު ވަމުންދާ މި ދަނޑިވަޅުގައި ދިރާގުން އެދެނީ މިދުވަސްވަރު ހުރިހާ ކަސްޓަމަރުން ވެސް ރައްކާތެރިކަމާއެކު ގޭގައި ތިބުމަށާއި އެޗްޕީއޭގެ ލަފަޔާ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ކަސްޓަމަރުން ވެސް އަމަލު ކުރުމަށް ކަމަށެވެ.
"ދިރާގުން މަސައްކަތްކުރަމުންދަނީ ކަސްޓަމަރުން ގޭގައި ތިބެން ޖެހުނަސް ދިރާގުގެ ޚިދުމަތްތައް ބޭނުން ކުރުމަށް ލުއިފަސޭހަތައް ފޯރުކޯށްދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމަށެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.