މިއަހަރުގެ އަޟުހާ އީދު ބަންދުގައި މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އާއި ރާއްޖޭގައި ހިންގާ ބޭންކުތައް ހުޅުވާފައި ހުންނާނީ ޖޫން މަހުގެ 18 ވަނަ ދުވަހު ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.

އަޟްހާ ޢީދާއި ދިމާކޮށް ޖޫން މަހުގެ 16 އިން 20 އަށް ސަރުކާރު ބަންދުކުރުމަށް ވަނީ ނިންމާފަ އެވެ. ނަމަވެސް ޖޫން މަހުގެ 18 ވަނަ ދުވަހު އެމްއެމްއާއި ބޭންކުތަކުން ޚިދުމަތް ލިބޭނެ ކަމަށް އެ އޮޓޯރިޓީން ބުނެ އެވެ.

މި ދުވަހު ބޭންކިން ޚިދުމަތް، ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތާއި ސިޓީ އާއި ތަކެތި ބަލައިގަތުމުގެ ހިދުމަތް ލިބޭނީ ހެނދުނު 08:30 އިން މެންދުރު 2:00 އަށް ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

ބޭންކިން ޚިދުމަތް ދެމުން ގެންދާނީ މިހާރެކޭ ވެސް އެއްގޮތަށް އެޕޮއިންޓްމަންޓް އުސޫލުން ކަމަށް އެ އިދާރާއިން ބުނެ އެވެ.