މާދަމާ ފެށުމަށް ހަމަޖެހިފައިވާ އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ރާއްޖޭގެ ޓްރެވަލް އިންޑަސްޓްރީ ޕާޓްނަރުން އިއުލާންކޮށްފި އެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ހޮސްޓްކުރާ މިކޮންގްރެސްގެ ޓްރެވަލް އިންޑަސްޓްރީ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ؛

  • އޭވިއާ މޯލްޑިވްސް
  • މާގިރި ހޮޓެލް
  • ސްކައިޓުއަރސް މޯލްޑިވްސް
  • ވިލާ ޓްރެވަލްސް
  • މޯލްޑިވްސް ފްލައިޓް ސަޕޯޓް

ދުނިޔޭގެ އެކި ސަރަހައްދުތަކުން 150 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ މި ކޮންފަރެސް ރާއްޖޭގައި ބޭއްވުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާއި އެކު ބައިވެރިވާ ފަރާތްތަކަކީ:

  • ރިސޯޓް ޕާޓްނަރުން: ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ އަދި ސައީ ލެގޫން
  • ވެނޫ ޕާޓްނާ: ކުރުނބާ މޯލްޑިވްސް
  • ޑިޖިޓަލް ޕާޓްނާ: ދިރާގު
  • ސީޕްލޭން ޕާޓްނާ: ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)
  • އެއާލައިން ޕާޓްނާ: އެމިރޭޓްސް އެއާލައިން
  • އޭވިއޭޝަން ޕާޓްނާ: މޯލްޑިވިއަން
  • މީޑިއާ ޕާޓްނަރުން: އައިލެންޑް ޗީފް، ޓްރެވަލް ޓްރޭޑް މޯލްޑިވްސް، ހޮޓެލިއާ މޯލްޑިވްސް، ދަ އެރައިވަލް އަދި ޓްރެވަލިއުޝަން މީޑިއާ

އެންޑޯސްމަންޓް ޕާޓްނަރުން:

  • މިނިސްޓްރީ އޮފް ޓޫރިޒަމް
  • މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
  • މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)
  • މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާރސް (މަޓާޓޯ)

އެމްއޭސީއެލްއިން ބުނީ އެއާ ސާވިސް ވޯލްޑް ކޮންގްރެސްއަށް މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ކަމަށެވެ. މި ކޮންގްރެސްގައި ދުނިޔޭގެ އެކި ގައުމުތަކުގެ އެއާޕޯޓުތަކާއި، އެއަރލައިންތައް އަދި ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ އިސްމަންދޫބުންނާއި ޓުއަރިޒަމް ބޯޑުތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ކޮސްގްރެސްގެ ރަސްމީ ހަރަކާތްތައް ކުރުނބާ މޯލްޑިވްސް ރިސޯޓްގައި މިމަހު 10 އިން 11 އަށް ކުރިއަށް ދާނެ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ. ދުނިޔޭގެ އެކި ސަރަހައްދުތަކުން 150 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ މި ކޮންފަރެސްގެ އިތުރު އިވެންޓްތައް ޝެރެޓަން މޯލްޑިވިސް، އަދި ކޮރޮސް ރޯޑްސްގެ ސައީ ލެގޫންގައި ކުރިއަށް ދާނެ އެވެ.

އެއާ ސާވިސް ވޯލްޑް ކޮންގްރެސްއަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކުގެ މެދުގައި އޮންނަ ނެޓްވޯކިން ބައްދަލުވުމެކެވެ. މި އިންވެންޓް ފުރަތަމަ ބާއްވާފައި ވަނީ 2010 ވަނަ އަހަރު އެވެ. މިއީ މިކޮންގްރެސް ބާއްވާ 7 ވަނަ ފަހަރެވެ. މި ކޮންގްރެސްއާއެކު، ރާއްޖޭގެ ވައިގެ ސިނާއަތަށް މުހިންމު ގިނަ ކަންތައްތައް މަގުފަހިވެގެންދާނެ އެވެ.