ގްރޭޓާ މާލެ ސަރަހައްދުގައި އެއްގެއިން އަނެއް ގެއަށް ދިރިއުޅުން ބަދަލުކުރާ ފަރާތްތަކަށް ހާއްސަކޮށް މީޑިއާނެޓުން ޕްރޮމޯޝަނެއް ކުރިއަށް އެބަގެންދެ އެވެ.

މި އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު މާލެ، ހުޅުމާލެ ފޭސް 1 އަދި ފޭސް 2ގެ ގެތަކަށް މި މުއްދަތުގައި ބަދަލުވާ މީހުންނަށް އޮންނާނެ އެވެ.

އެގޮތުން މިހާރު ގެންގުޅޭ މީޑިއާނެޓުގެ ޕެކޭޖް ފެމިލީ ޕެކޭޖު ނުވަތަ އެއަށްވުރެ މަތީގެ ޕެކޭޖަކަށް އަޕްގްރޭޑް ކޮށްލައިގެން ބަދަލުވާ ގޭގައި މީޑިއާނެޓް ލައިދިނުމުގެ ހިދުމަތް ހިލޭ ލިބޭނެ އެވެ.

ހުޅުމާލެ ފޭސް 2ގައި މީހުން އާބާދު ވަމުން އަންނަ މި ދުވަސްވަރު މާލެ ސަރަހައްދުގައި އެއްގެއިން އަނެއް ގެއަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ އަދަދު މިވަނީ އިތުރުވެފަ އެވެ.

މީޑިއާނެޓްގެ މި ޕްރޮމޯޝަނާއެކު އެފަދަ ފަރާތްތަކަށް ގެ ބަދަލު ކުރުމުގައި އިތުރު ފަސޭހައެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީޑިއާނެޓަކީ ދިވެހި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުނިފޫހި ފިލުވުމުގެ ހިދުމަތް ދެމުން އަންނަ އާއްމުންގެ އިތުބާރު ލިބިފައިވާ ކުންފުންޏެކެވެ.