އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމިއްލަ ވިޔަފާރި ކުންފުނި، ދަ ޓްރަމްޕު އޮގައިޒޭޝަނުން ރާއްޖޭގައި ރިސޯޓެއް ހަދަން ނިންމައިފިއެވެ.
މި ރިސޯޓް ތަރައްގީކުރަން ނިންމާފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ގާތްގަނޑަކަށް 25 މިނެޓުން ދެވޭ ރަށެއްގަ އެވެ.
ލަގްޒަރީ ރިއަލް އެސްޓޭޓް ޑިވެލޮޕަރު، ޑާ ގްލޯބަލް އާއި ޓްރަމްޕް އޮގަނައިޒޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ މި ރިސޯޓުގައި 80 އަށް ވުރެ ގިނަ އަލްޓްރާ ލަގްޒަރީ ބީޗާއި މޫދު ކޮޓަރި ހުންނާނެއެވެ.
އެ ރިސޯޓު ހުޅުވުމަށް ހަމަޖެހިފައި ވަނީ، 2028ގެ ފަހުކޮޅު އެވެ.
މީގެ އިތުރުން، މި މަޝްރޫއު ކުރިއަށްގެންދިޔުމަށް އިންވެސްޓަރުން ހޯދުމުގައި ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކުރުމަށް ނިންމާފައިވާކަން ވެސް ދެ ކުންފުނިން ބުންޏެވެ.
މި ކަމާ ގުޅިގެން ޓްރަމްޕް އޯގަނައިޒޭޝަންގެ ނައިބު ރައީސް އަދި، ޓްރަމްޕުގެ ދަރިކަލުން އެރިކް ޓްރަމްޕު ވިދާޅުވީ، ރާއްޖެއަށް އެ ބްރޭންޑު ތައާރަފުވުކުރެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ޓްރަމްޕް އޯގަނައިޒޭޝަންގެ ހޮޓާތަކާއި ރިސޯޓުތައް އެމެރިކާގެ އިތުރުން ސްކޮޓްލެންޑާއި ދުބާއީގައި ވެސް ހިންގަ އެވެ.

