ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މިއަދު 22،000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދޭނެ ކަމަށް އެ އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ބުނެފި އެވެ.
މިއީ އާ އިންޓަނޭޝަނަލް ޓާމިނަލް ހުޅުވި ފަހުން އެއާޕޯޓަށް އެންމެ ބާރުބޮޑު ދުވަހެވެ. މިއަދަކީ އެ އެއާޕޯޓުގެ ތާރީހުގައި ވެސް އެންމެ ބާރު ބޮޑު އެއް ދުވަހެވެ. އެމްއޭސީއެލް އިން ލަފާކުރާގޮތުގައި 11،000 އަށްވުރެ މިއަދު ވީއައިއޭ އިން ފުރާނެ އެވެ. އަދި އެއަށްވުރެ ގިނަ ފަސިންޖަރުން އަންނާނެ ކަމަށް ވެސް ލަފާކުރެ އެވެ.
އެމްއޭސީއެލް އިން ފާހަގަކުރާގޮތުގައި ގިނަ އަދަދެއްގެ ފަސިންޖަރުން މިއަދު ފުރަނީ ޗުއްޓީއާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު އުމްރާގެ އަޅުކަމަށް ފުރާތީ އެވެ. އަދި އާ އަހަރާ ދިމާކޮށް މި ދުވަސްވަރު ގިނަ އަދަދެއްގެ ފަތުރުވެރިން މި ދުވަސްވަރު ރާއްޖެ އާދެ އެވެ.
އެންމެ ގިނަ ފަސިންޖަރުން އެއް ދުވަހެއްގައި ރާއްޖެ އައުމުގެ ރެކޯޑު މިހާތަނަށް ހަދާފައި ވަނީ ފެބުރުއަރީ 10، 2024 ގަ އެވެ. އެ ރެކޯޑު މިއަދު މުގުރާލާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
މީގެއިތުރުން މިއަދަކީ ޕީކް ސީޒަންގައި ވެސް ދުވާލެއްގެ މައްޗަށް އެންމެ ގިނަ ޓޫރިސްޓުން އަންނާނެ ދުވަސް ކަަމަށް އެމްއޭސީއެލް އިން ބުންޏެވެ.

