ވޭތުވެދިޔަ 26 އަހަރުގެ ދިގު މުއްދަތުގައި ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ މަތީ ފެންވަރުގެ ތާޒާ ސިމެންތި މެދުކެނޑުމެއްނެތި ފޯރުކޮށްދީ، ވިލާ ސިމެންތިން ވަނީ ޤައުމީ ތަރައްޤީއާއި އިމާރާތްކުރުމުގެ ސިނާއަތުގައި ބޮޑު އިތުބާރެއް ހޯދާފަ އެވެ.
ރާއްޖޭގެ މުހިންމު އިންފްރާސްޓްރަކްޗާ މަޝްރޫއުތަކާއި، ވިޔަފާރި އަދި ރެޒިޑެންޝަލް ޢިމާރާތްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ބޮޑެތި ރިސޯޓުތައް ބިނާކުރުމުގައި ވިލާ ސިމެންތި ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. ގައުމު ބިނާކުރުމުގެ އެކި މަރުޙަލާތަކުގައި އެ ކުންފުނިން ދަމަހައްޓަމުން އަންނަނީ އެއްވަރެއްގެ މަތީ ފެންވަރެކެވެ.
ވިލާ ސިމެންތިއަކީ ކ. ތިލަފުށީގައި ގާއިމުކޮށްފައިވާ ޒަމާނީ ޕްލާންޓުގައި، ރައްކާތެރިކަމާއެކު އަވަހަށް ބަންދުކޮށްގެން މާކެޓަށް ނެރޭ ތާޒާ ސިމެންތިއެކެވެ. މި ޕްލާންޓުގެ ސަބަބުން ކަސްޓަމަރުންނަށް ބޭނުންވާ ވަގުތު މެދުކެނޑުމެއްނެތި ސިމެންތި ފަސޭހަކަމާއެކު ލިބެންހުރެ އެވެ.
މި ސިމެންތިއަކީ ދިވެހިރާއްޖޭގެ ކަނޑުގެ މާހައުލާއި މޫސުމީ ޙާލަތްތަކަށް ޚާއްޞަކޮށްގެން، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް އުފައްދާފައިވާ އުފެއްދުމެކެވެ. އެހެންކަމުން، ޢިމާރާތްތަކުގެ ވަރުގަދަކަމާއި ފެންވަރު އެންމެ މަތީ ދަރަޖައިގައި ދެމެހެއްޓެ އެވެ.
ރާއްޖޭގެ ވައިގެ ތެއްކަމާއި ވިއްސާރައިން ސިމެންތި ރައްކާތެރިކުރުމަށްޓަކައި ވިލާ ސިމެންތި ބަންދުކުރަނީ "މޮއިސްޗަރ-ރެސިސްޓަންޓް" ނުވަތަ ތެއްކަމަށް ގުޑުންނާރާ ޚާއްޞަ ބަސްތާތަކުގަ އެވެ. މީގެ ސަބަބުން ބަސްތާގެ ތެރޭގައި ސިމެންތި ގަނޑުވުމުން ރައްކާތެރިކޮށްދީ، ގުޅޭ މުއްދަތު އިތުރުވެގެންދެ އެވެ.
ތިލަފުށީގައި ހުންނަ 16،000 މެޓްރިކް ޓަނުގެ ސައިލޯ ކެޕޭސިޓީއާއެކު، 50 ކިލޯގެ ބަސްތާގެ އިތުރުން 1 ޓަނުގެ ޖަމްބޯ ބަސްތާގައި ސިމެންތި ބަންދުކޮށް ފޯރުކޮށްދިނުމުގެ ގާބިލުކަން ވިލާ ހަކަތައަށް ލިބިގެންވެ އެވެ. މިއީ ބޮޑެތި ކޮންސްޓްރަކްޝަން މަޝްރޫޢުތަކަށް ބޭނުންވާ ސަޕްލައި ކަށަވަރުކޮށްދޭ މުހިންމު ވަސީލަތެކެވެ.
އިމާރާތްކުރުމުގެ ދާއިރާއިން ލިބިފައިވާ ޝަރަފުތަކުގެ ތެރޭގައި، މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ބިލްޑާ އެވޯޑްސް 2023 ގައި ވިލާ ހަކަތައަށް ލިބުނު "ސިމެންތި ސަޕްލަޔާ އޮފް ދަ އިޔަރ" ގެ އެވޯޑު ހިމެނެ އެވެ. މިއީ އެ ކުންފުނީގެ ޚިދުމަތުގެ ފެންވަރު އަންގައިދޭ އަލިގަދަ ހެކިކަމެކެވެ.
ވިލާ ސިމެންތީގެ މުސްތަޤުބަލުގެ އަޒުމަކީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ދެމެހެއްޓެނިވި ގޮތެއްގައި ބައިވެރިވެ، ޤައުމު ބިނާކުރުމުގެ މަޝްރޫޢުތަކަށް އެއްބާރުލުން ދިނުމެވެ. އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމަށެވެ.
ފަސޭހަކަމާއެކު ވިލާ ބިލްޑިންގ މެޓީރިޔަލްސްއިން އޯޑަރުކުރުމަށް 7236464 އަށް ގުޅުއްވައިގެން ނުވަތަ ސޭލްސް@ވީއެޗްޕީއެލް.އެމްވީ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވޭނެ އެވެ.

