ދިރާގު ކަސްޓަމަރުންނަށް ގޭގައި ތިބެގެން ރީލޯޑްކުރެވޭނެ ގޮތް ހަމަޖައްސައިފި އެވެ.
ދިރާގު ބުނީ ކޮވިޑް ބަލިމަޑުކަމުން އަރައިގަތުމަށް ހުރިހާ ހިދުމަތްތަކެއް ދިނުމަށް މަސައްކަތް ކުރަމުންދާ ދުވަސްވަރަކަށްވާއިރު، އެ ކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ގޭގައި ތިބެގެން ރީލޯޑް ކުރުމުގެ ފުރުސަތު މިހާރު ލިބޭނެ ކަމަށެވެ. އެގޮތުން ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ގޭގައި ތިބެގެން ފަސޭހަކަމާއެކު ރީލޯޑް ކޮށްލެވޭނެ ވަރަށް ގިނަ ގޮތްތައް ހިމެނެ އެވެ. އޭގެ ތެރޭގައި:
ދިރާގު މޮބައިލް އެޕްލިކޭޝަން
- ދިރާގު މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް އެޕް ހުޅުވާލާފައި “Easy TopUp” ނަގައި، ބޭނުންވާ ޕްރީޕެއިޑް ނަންބަރު ޖެހުމަށްފަހު “Continue and Pay” އަށް ފިތާލާށެވެ. ދެން ރިލޯޑް ކުރަން ބޭނުންވާ އަދަދު ޖެހުމަށްފަހު އަނެއްކާވެސް “Continue and Pay” އަށް ފިތާލާށެވެ. ދެން ފައިސާ ދައްކަންބޭނުންވާ ގޮތް ޚިޔާރުކުރުމަށްފަހު “Continue” އަށް ފިތާލާށެވެ.
- ދިރާގު ޕޭ ނުވަތަ ބީއެމްއެލް އަދި އެމްއައިބީ ޑެބިޓް ނޫނީ ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރީލޯޑްކުރަން ފައިސާދެއްކޭނެ އެވެ.
ދިރާގު މޮބައިލް އެޕް މެދުވެރިކޯށް ރީލޯޑްކުރާނެގޮތުގެ ވީޑިއޯ ޓިއުޓޯރިއަލް
ދިރާގު ވެބްސައިޓް
- ދިރާގު ވެބްސްއިޓު މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް ދިރާގު ވެބްސައިޓްގެ ހޯމް ޕޭޖްގައިވާ “Easy TopUp” އަށް ފިއްތާލާށެވެ. އެއަށްފަހު ރީލޯޑްކުރަން ބޭނުންވާ ނަންބަރު އަދި އަދަދު ޖެހުމަށްފަހު “Continue” އަށް ފިއްތާލާށެވެ. ދެން، ފައިސާ ދައްކަންބޭނުންވާ ގޮތް ޚިޔާރުކުރުމަށްފަހު “Continue” އަށް ފިއްތާލާށެވެ.
- ދިރާގު ޕޭ ނުވަތަ ބީ. އެމް. އެލް އަދި އެމް. އައި. ބީ. ޑެބިޓް ނޫނީ ކްރެޑިޓްކާޑް މެދުވެރިކޮށް ރީލޯޑް ކުރަން ފައިސާދެއްކޭނެއެވެ.
ދިރާގު ޕޭ
- ދިރާގު ޕޭ މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް ދިރާގުޕޭގެ މޮބައިލް އެޕްލިކޭޝަން ހުޅުވުމަށްފަހު “Reload my mobile” ނުވަތަ “Reload Another” އަށް ފިއްތާލާށެވެ. އެއަށްފަހު ނަންބަރު އަދި އަދަދު ޖެހުމަށްފަހު “Validate” އަށް ފިއްތާލާށެވެ. ދެން ރީލޯޑް ޓްރާންސެކްޝަން ފުރިހަމަކުރުމަށް “Proceed” އަށް ފިއްތާލުމުން ރީލޯޑް ކޮށް ނިމުނީ އެވެ.
- ދިރާގު ޕޭ އެކައުންޓަށް ފަސޭހަކަމާއެކު ކޭޝްއިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ޑެބިޓް ނޫނީ ކްރެޑިޓް ކާޑް މެދުވެރިކޮށް ކުރެވޭނެ އެވެ.
ދިރާގުން އެދެނީ މިދުވަސްވަރު ހުރިހާ ކަސްޓަމަރުންވެސް ރައްކާތެރިކަމާއެކު ގޭގައި ތިބުމަށެވެ. އަދި ދިރާގުން މަސައްކަތްކުރަމުންދަނީ ކަސްޓަމަރުން ގޭގައި ތިބިގެން ދިރާގުގެ ޚިދުމަތްތައް ބޭނުން ކުރުމަށް ލުއިފަސޭހަތައް ފޯރުކޯށްދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.