ލަކްސް ކަލެކްޓިވްއިން ކ. އޮޅަހަލީގައި ހިންގި "ލަކްސް ނޯތު" މާލެ އެޓޯލް ރިސޯޓް، ޖުމެއިރާ ގްރޫޕުން ރީބްރޭންޑް ކުރުމަށް ފަހު އަންނަ މަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.
ޖުމެއިރާއިން ބުނީ އޮޅަހަލީގައި ތަރައްގީ ކޮށްފައިވާ ރިސޯޓް އަލުން ހުޅުވަނީ އެތަނުގެ މުޅި ކޮންސެޕްޓަށް އެއްވެސް ބަދަލެއް ނުގެނެސް ކަމަށެވެ.
އޮޅަހަލީގައި ހިންގި ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓް ޑިޒައިންކޮށްފައި ވަނީ ސިންގަޕޫރުގެ މައިޖާއިންނެވެ.
މި ރިސޯޓުގައި ޖުމްލަ 67 ވިލާ ހުންނަ އިރު، އޭގެ ތެރޭގައި އެއް ކޮޓަރި އާއި ދެ ކޮޓަރި އަދި ތިން ކޮޓަރީގެ ވިލާތައް ހިމެނެ އެވެ. އާންމުކޮށް ހުންނަ ވަރަށް ވުރެ ޖާގަ ތަނަވަސްކޮށް ހަދާފައިވާ މިއިން ކޮންމެ ވިލާއެއްގައި އިންފިނިޓީ ޕޫލަކާއި ރޫފްޓޮޕް ޓެރަހެއް ހުރެ އެވެ. އަދި މަތީ ފަންތީގެ ރިސޯޓުތަކުން ލިބޭ ގިނަ އިން-ވިލާ ހިދުމަތްތައް ލިބެ އެވެ.
އާއިލާތަކާއި ގްރޫޕްތަކަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ މި ރިސޯޓުން ލިބޭ އިތުރު ހިދުމަތްތަކުގެ ތެރޭގައި ވޯޓާ ސްޕްލޭޝް އޭރިއާ، ޕްލޭ އޭރިއާ، ޑައިވިން އަދި ވޯޓާސްޕޯޓްސް ހިމެނެ އެވެ. މީގެ އިތުރުން ބީޗް ސައިޑް ސިނަމާއަކާއި ދުނިޔޭގެ ފެންވަރުގެ ސްޕާއެއް ހުންނާނެ އެވެ.
މިހާރު ޖުމެއިރާއިން ރާއްޖޭގައި އިތުރު ރިސޯޓެއް ނުހިންގި ނަމަވެސް މީގެ ކުރިން ޖުމެއިރާ ބްރޭންޑުގެ ދަށުން ރާއްޖޭގައި ދެ ރިސޯޓެއް ހިންގާފައި ވެ އެވެ. އެއީ ކ. ބޮލިފުށީގައި ހިންގި "ޖުމެއިރާ ވިޓަވެލި" (މިހާރު އޮޒެން ރިޒާވް ބޮލިފުށި) އާއި ގއ. މެރަދޫގައި ހިންގި "ޖުމެއިރާ ދެވަނަފުށި (މިހާރު ރެފްލްސް މެރަދޫ) އެވެ.
މީގެ ތެރެއިން މެރަދޫގެ މެނޭޖްމަންޓު 2017 ގައި އެމެރިކާގެ އެކޯ ހޮޓެލްސްއަށް ދޫކޮށްލާފައިވާއިރު، ޖުމެއިރާ ކުޑައިގެ ދަށުން ހިންގި ބޮލިފުށި އިންޑިއާގެ އެޓްމޮސްފިއާ ރިސޯޓްސްގެ ދަށަށް ބަދަލުވީ މިދިޔަ އަހަރު އެވެ.
ޖުމެއިރާގެ ނަމުގައި އޮޅަހަލި އަލުން ހުޅުވާއިރު ޖެހޭނެއޭ ތިޔާ ރިސޯރޓްގެ މެދުފަންތި އާއި އަދި މަތީ ފަންތީގައި ވަޒީފާ އަދާ ކުރާ ހުރިހާ ބޭރު މީހުންނާއި ދިވެހިން ބަލާ ބޭރު މީހުން ޖީއެމް އެކުލެވޭ ގޮތަށް ދިރާސާ ކޮށް ހަދާ އެހުރިހާ މަގާމް ތަކަށް ދިވެހިން ލާން ޖުމެއިރާ އިން ތިޔާ ކަމެއް އެމެންނަށް ފެނިގެން ނުކުރާނެއޭ އެކަން ކުރާނީ ޓޫރިޒަމް މިނިސްޓްރީން މިނިސްޓަރު ޖުމެއިރާ އިން މިލިއަން ޑޮލަރުން ރިޝްވަތު ނަގައިގެން ކޮންމެ ރިސޯރޓަކަށް ބޭރު މީހުންނަށް ވަޒީފާ ދޭން ނަގާ ރިޝްވަތު ހުއްޓާލާ ރައްޔިތުންނަށް