އަންނަ އަހަރު ސަރުކާރުން ރިސޯޓު ހަދަން ދޫކޮށްގެން އާމްދަނީ ހޯދުމަށް ކަނޑައަޅާފައިވާ އަދަދު ނުލިބިދާނެ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ގަވަނަރު އަހުމަދު އިމާދު ވިދާޅުވީ މީގެ ކުރީގެ އަހަރުތަކުގައި ރިސޯޓް ހެދުމަށް ރަށްތައް ދޫކުރުމުގައި ގޮންޖެހުންތަކެއް ދިމާވެފައިވާ ކަމަށެވެ. އެގޮތުން އަންނަ އަހަރުވެސް ރިސޯޓް ހަދަން ދޫކުރާ ރަށްތަކުން ކަނޑައަޅާފައިވާ އަދަދަށް ލިބިގެންދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް އިމާދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ލަފާގައި ވެސް އާ ރިސޯޓު އައިލެންޑްސްގައި ޗެލެންޖަންސް ހުރިކަން ހުންނާނީ ފާހަގަކޮށްފައި. ކުރީ އަހަރުތަކުގައި ވެސް މާކެޓަށް ނެރުނު ރަށްތައް ވެސް ވިއްކުމުގައި ޗެލެންޖަސްތައް އެއީ ބީލަށް ލުމުގައި ޗެލެންޖަސްތައް ހުރި. ޖުމްލަގޮތެއްގައި އަޅުގަނޑުމެންގެ ލަފާގައި އެކަންކަން ފާހަގަކުރިން،" އިމާދު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުވި ބަޖެޓުގައި ޓޫރިސްޓް ރިސޯޓު ތަރައްގީކުރުމަށް 12 ރަށެއް ހުޅުވައިލައިގެން 148 މިލިއަން ރުފިޔާ ހޯދަން ހިމަނަފައިވެ އެވެ. ބަޖެޓުގައިވާ ގޮތުން މިގޮތަށް ދޫކުރާ ރަށްތަކުގެ އެކުއިޒިޝަން ފީއެއްގެ ގޮތުގައި ހަތް ލައްކަ ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ލިބިގެންދާނެ ކަމަށް އަންނަ އަހަރުގެ ބަޖެޓްގައި ވަނީ ލަފާކޮށްފަ އެވެ.
މި އަހަރުވެސް ރިސޯޓު ހަދަން ރަށްތައް ދޫކޮށްގެން ބޮޑު އަދަދެއް ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު އެއިން 16 ރަށެއް ދޫކުރަން ހުޅުވައިލުމުން ދޫކުރެވިފައިވަނީ އެންމެ ރަށެކެވެ. އެ ރަށުގެ އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި ލިބުނީ 700،000 ޑޮލަރެވެ.
ސަރުކާރު ވަނީ ފެއިލްވެފައޭ ސަރުކާރުގެ ކެބިނެޓް އިސްތިއުފާދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ