ރަޝިޔާ އާއި ޔޫކުރެއިންގެ ހަނގުރާމައިގެ ސަބަބުން އިގްތިސޯދީ ގޮތުން ރާއްޖެއަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި އިއްޔެ މަޝްވަރާކުރައްވައިފި އެވެ.
މި ބައްދަލުވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
ވަޒީރުންގެ މަޖިލީހުގެ އެ ބައްދަލުވުމުގައި، ވަޒީރުން ވަނީ ޔޫކްރެއިންގެ މައްސަލައިގެ ސަބަބުން ދުނިޔޭގެ މަސްރަހުގައި ތަކެތީގެ އަގުތައް އުފުލުމުގެ އިތުރުން އިގްތިސާދީ ގޮތުން ރާއްޖެއަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށް، އެފަދަ އަސަރުތައް ކުޑަކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
މީގެ އިތުރުން ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖެއިން މި މައްސަލައާމެދު ގެންގުޅޭ ސިޔާސަތުގެ މައްޗަށް ވަޒީރުން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާފަ އެވެ.
ޔޫކްރެއިންގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވާފައިވާއިރު ޔޫކްރެއިންގައި ތިބި ދިވެހިންނާއި ދިވެހި ދަރިވަރުން މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ.
ރަޝިއާ އާއި ޔޫކްރެއިނަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 މާކެޓުގެ ތެރޭގައި ހިމެނޭ މުހިންމު ދެ މާކެޓެކެވެ. މި އަހަރުގެ މިހާތަނަށް އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާއިންނެވެ.